ރާއްޖޭގައި މިއަދު 12:00 އިން ފެށިގެން އެއް މަސް ދުވަހަށް ކުއްލި ހާލަތު އިއުލާނުކޮށްފައިވާއިރު އެ ހާލަތު ރައީސް އިއުލާނުކުރެއްވީ ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
ތަރުޖަމާނު މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޓްވީޓެއްގަ އެވެ.
އެ ޓްވީޓްގައި ތަރުޖަމާނު ވިދާޅުވެފައިވަނީ ރައީސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވީ ހުރިހާ ރައްޔިތުންގެ އަދި މުޅި ގައުމުގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމަށެވެ.
“ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ޤައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފަ އާއި މަޝްވަރާ ލިބިފައިވާ ހިނދު މަތީގައިވާ ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 253 ވަނަ މާއްދާއަށް ރިއާޔަތްކޮށް ދިވެހިރާއްޖޭގެ ހުރިހާ ސަރަަހައްދެއްގައި ކުއްލި ހާލަތު އިޢުލާން ކުރުމަށް ނިންމާ މިއަދުގެ މެންދުރު 12:00 އިން ފެށިގެން 30 ދުވަހުގެ މުއްދަތަކަށް ކުއްލި ހާލަތު އިއުލާންކުރުމަށްޓަކައި މި ޤަރާރު އެކަށައަޅައި މިކުއްލި ނުރައްކަލާ ގުޅިގެން އަންނަނިވި ފިޔަވަޅުތައް އެޅުމަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ އަންނަނިވި މާއްދާތަކުގެ ދަށުން ލިބިދީފައިވާ ހައްގުތައް ހިފެހެއްޓުމަށާއި ހަނިކުރުމަށް އަދި އެހައްގުތަކާއި ގުޅިގެން ހަދާފައިވާ ގާނޫނުތަކުގެ ތެރެއިން އަންނަނިވި ގާނޫނުތަކަށް ވަގުތީ ގޮތުން ޢަމަލުކުރުން ހުއްޓާލުމަށް ކަނޑައަޅައިފީމެވެ،” ގަރާރުގައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް