އެމްއެމްއޭ އިން މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފު ކޮއްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފު ކޮއްފިއެވެ. ރާއްޖޭގެ މާލީ ދާއިރާ އާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބޭމި  މޯބައިލް އެޕްލިކޭޝަން ތަޢާރަފު ކޮއްދެއްވީ ދަރުބާ...

04 Nov 2015 | 05:04

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން މޯބައިލް އެޕްލިކޭޝަނެއް ތަޢާރަފު ކޮއްފިއެވެ.

ރާއްޖޭގެ މާލީ ދާއިރާ އާއި ގުޅޭ ގިނަ މަޢުލޫމާތުތަކެއް ލިބޭމި  މޯބައިލް އެޕްލިކޭޝަން ތަޢާރަފު ކޮއްދެއްވީ ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ފައިނޭންޝަލް އެކްސްޕޯރގައި އެމްއެމްއޭގެ ގަވަރނަރ ޑރ. އަޒީމާ އާދަމްއެވެ.

އެންޑްރޮއިޑް ވަރޝަން " ވިޔަ" އެޕްލިކޭޝަނުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތަފާސްހިސާބުތަކާއި ރާއްޖޭގެ އިންފްލޭޝަން ރޭޓާއި މާލީ ދާއިރާގެ އެހެނިހެން މައުލޫމާތުގެ ގްރާފްތަކާއި ޗާޓްތައްވެސް ފަސޭހައިން ބަލާލެވޭނެއެވެ.

މީގެ އިތުރުން އެމްއެމްއޭ އިންވަނީ އެ ބޭންކާއި ގުޅުންހުރި މާލީ މައްސަލަތަކުގައި ޝަކުވާ ހުށަހެޅުމަށް ޚާއްޞަ ހޮޓްލައިނެއްވެސް ރޭ ވަނީ ތައާރަފު ކޮށްފައެވެ. މިގޮތުން ތައާރަފު ކޮއްފައިވާ ހޮޓްލައިން ނަންބަރު 1444 ހުށަހަޅާ ޝަކުވާތަކުގައި ގިނަވެގެން 3 ދުވަހުގެ ތެރޭގައި ޝަކުވާ ހުށަހަޅާ ފަރާތަށް ލިޔުމުން ޖަވާބު ދޭނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް