ބ. އޭދަފުށީ ބަނދަރުގެ ކަނޑުތޮށީގައި ބޮޑުހިލަ ޖެހުމުގެ މަސައްކަތް ފަށައިފިއެވެ.
އެރަށުގެ ހެޔޮއެދޭ ފަރާތެއްގެ ހިލޭ އެހީއެއްގެ ދަށުން ކުރިން ކޮންކްރީޓް ބްލޮކްތަކެއް ޖަހައި ހިމާޔަތްކޮށްފައިވާ ކަނޑުތޮށީގެ ބޭރުން 2300 މީޓަރު ދިގު ސަރަހައްދެއްގައި ހިލަ ޖެހުމަށް ވަނީ ނިންނާފައެވެ.
މި މަސައްކަތް ކޮއްދެއްވަނީ އޭދަފުއްޓަށް އުފަން މަހުޖަނު އަދި ރިސޯޓްތައް ހިންގަމުން ގެންދާ ކްރައުން ކޮމްޕެނީގެ އެއް ޑިރެކްޓަރު އޭދަފުށީ ޗާންދަނީ އަހުމަދު ނަޒީރު ކަމަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މި މަސައްކަތް އޭނާ ކޮއްދެއްވަނީ މިހާރު ކޮންކްރީޓް ބްލޮކް ޖަހައިގެން ހަދައިފައި އޮތް ކަނޑު ތޮއްޓާއި ބަނދަރުގެ ނެރު އާދަޔާ ހިލާފަށް ގަދަވާތީ، އެ މައްސަލަ ހައްލުކުރުމަށެވެ.
ހެވީފޯސް ޖުންފުންޏާއި ހަވާލުކޮށްގެން ކުރިޔަށްގެންދާ މި މަސައްކަތް ނިމުމުން ބަނދަރުގެ ފަޅުތެރެ މިހާރަށްވުރެ މަޑުވެ، ކަނޑުތޮށި ހިމާޔަތް ކުރެވޭނެ ކަމަށެވެ.
ކުރިޔަށްއޮތް އިރުވައިމޫސުމުގެ ކުރިން މި މަސައްކަތް ނިންމާލެވޭތޯ މަސައްކަތް ކުރަމުންދާކަމަށްވެސް ކޮންޓްރެކްޓަރާ ހަވާލާދީ އޭދަފުށީ ކައުންސިލުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް