ކިނބިދޫ ސްކޫލުގެ ބެލެނިވެރިންނަށް އެރަށު ޕޮލިސް ސްޓޭޝަނުން ކަސްރަތު ޕްރޮގްރާމެއް ފަށައިފި

ތ.ކިނބިދޫ ޕޮލިސް ސްޓޭޝަނާއި ތ.ކިނބިދޫ ސުކޫލާއާއި ގުޅިގެން  އެސްކޫލު ދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކަސްރަތު ޕުރޮގުރާމެއް ފަށައިފިއެވެ. ފުލުހުން ބުނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ...

04 Nov 2015 | 03:20

ތ.ކިނބިދޫ ޕޮލިސް ސްޓޭޝަނާއި ތ.ކިނބިދޫ ސުކޫލާއާއި ގުޅިގެން  އެސްކޫލު ދަރިވަރުންގެ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކަސްރަތު ޕުރޮގުރާމެއް ފަށައިފިއެވެ.

ފުލުހުން ބުނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހަށް ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމަކީ ތ.ކިނބިދޫ ސްކޫލްގެ ބެލެނިވެރިންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބި ބަޔަކަށް ހެދުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

މިޕްރޮގްރާމުގައި ކަސްރަތުގެ މުހިއްމު ކަމާއި ބެހޭ ގޮތުން މަޢުލޫމާތު ދީ ކެއިން ބުއިމުގެ އާދަތައް ބަހައްޓަންވީ ގޮތާއި ބެހޭ ގޮތުން މަޢުލޫމާތު ދެވޭނެ ކަމަށާއި އަދި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ރަނގަޅު ކާނާ ބޭނުންކުރުމާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކަކީ ކޮބައިކަން ބައިވެރިންނަށް ދަސްކޮށްދެވޭނެ ކަމަށް އަދި މީގެއިތުރުން މި ޕްރޮގްރާމުގައި ކަސްރަތު ކުލާސްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައި ވާކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ކިނބިދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި ކިނބިދޫ ސްކޫލުގެ ގިނަ ޢަދަދެއްގެ ބެލެނިވެރިން ބައިވެރިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް