ރައީސުލްޖުމްހޫރިއްޔާ ޓުއަރިޒަމް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ މޫސާ ޒަމީރާއި، ޑިފެންސް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ އާދަމް ޝަރީފަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.
އައު ދެ މިނިސްޓަރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވި ތާރީހް ސާފު ނުވި ނަމަވެސް މަޖިލީހުގެ މިއަދުގެ އެޖެންޑާގައި ދެ ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އެޖެންޑާ ކޮށްފައި ވެ އެވެ.
އާންމު އުސޫލަށް ބަލާއިރު ރައީސް އައްޔަން ކުރައްވާ ބޭފުޅުންނަށް ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވުމުން، އެ ބޭފުޅުންގެ ނަންފުޅުތައް މަޖިލީހުގައި އިއްވުމަށްފަހު ރުހުން ދިނުމަށް ފެނޭތޯ ބެލުމަށް ފޮނުވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށެވެ.
ޑިފެންސް މިނިސްޓަރު ކަމަށް އާދަމް ޝަރީފް އައްޔަން ކުރައްވާފައިވަނީ ކުރިން އެ މަގާމުގައި ހުންނެވި މޫސާ އަލީ ޖަލީލު ވަކި ކުރެއްވުމަށް ފަހުގަ އެވެ. ޖަލީލު މަގާމުން ވަކިކުރީ ބަޑިބޭސް އެތެރެކުރުމުގެ ހުއްދަ އެމްއެމްޕީއާރުސީއަށް ދިނުމާއި ގުޅިގެންނެވެ. ޓުއަރިޒަމް މިނިސްޓްރީ ކުރިން ހިންގަވަމުން ގެންދެވީ މިހާރު ޖަލުގައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބުގެ ބެއްލެވުމުގެ ދަށުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް