ލ.އަތޮޅު ފުޓުބޯޅަ މުބާރާތް: މާބައިދޫ އިސްދަރިވަރުންގެ ޖަމިއްޔާ ތަށި އުފުލާލައިފި

އެފްއޭއެމް ލ.އަތޮޅު ފުޓުބޯޅަ މުބާރާތުގެ ތަށި މާބައިދޫ އިސްދަރިވަރުންގެ ޖަމިއްޔާއިން އުފުލާލައިފިއެވެ. މިއަދު ހަވީރު ލ.މާބައިދޫގައި ކުޅެވުނު ފައިނަލްމެޗު މާބައިދޫ އިސްދަރިވަރުންގެ ޖަމިއްޔާއިން ފޮނަދޫ ޒ...

04 Nov 2014 | 10:21

އެފްއޭއެމް ލ.އަތޮޅު ފުޓުބޯޅަ މުބާރާތުގެ ތަށި މާބައިދޫ އިސްދަރިވަރުންގެ ޖަމިއްޔާއިން އުފުލާލައިފިއެވެ.

މިއަދު ހަވީރު ލ.މާބައިދޫގައި ކުޅެވުނު ފައިނަލްމެޗު މާބައިދޫ އިސްދަރިވަރުންގެ ޖަމިއްޔާއިން ފޮނަދޫ ޒުވާނުންގެ ގުޅުމާއި ވާދަކޮށް ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި މާބައިދޫ ޓީމުގެ 2 ގޯލްވެސް ކާމިޔާބުކޮށްދިނީ ފައިނަލްމެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނު މާބައިދޫ އިސަދަރިވަރުންގެ ޖަމިއްޔާގެ ޖާރސީ ނަންބަރ 10 ހަސަން ނިޔާޒެވެ.

މުބާރާތުގެ ފެއަރޕްލޭޓީމަކަށް ހޮވިފައިވަނީ މުންޑޫ ޒުވާނުންގެ ޖަމިއްޔާއެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ މާބައިދޫ އިސްދަރިވަރުންގެ ޖަމިއްޔާގެ ކީޕަރ ހަސަން މުނާޒެވެ.މީގެއިތުރުން މުބާރާތުގައި ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާބައިދޫ އިސްދަރިވަރުންގެ ޖަމިއްޔާގެ ކެޕްޓަން ހަސަން ނިޔާޒެވެ.

ލ.އަތޮޅު މުބާރާތުގެ ޗެމްޕިއަން މާބައިދޫ އިސްދަރިވަރުންގެ ޖަމިއްޔާ އަދި ރަނާޒްއަޕް ފޮނަދޫ ޒުވާނުންގެ ގުޅުންވަނީ ޒޯން މުބާރާތަށް ކޮލިފައިވެފައެވެ. ޒޯން މުބާރަތް ބާއްވާނެ ތަނަކާއި ތާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް