އިންޑިއަން ސުޕަރލީގު: ޕޫނޭ އެފްސީއިން ނޯރތުއީސްޓް ޔުނައިޓެޑް ބަލިކޮށްފި

ހީރޯ އިންޑިއަން ސުޕަރލީގުގައި ރޭ ކުޅުނު މެޗުގައި ޕޫނޭ އެފްސީއިން ނޯރތުއީސްޓް ޔުނައިޓެޑް ބަލިކޮށްފިއެވެ. ކުރީގެ ފްރާންސްގެ މަޝަހޫރު ފޯވަރޑް ޑޭވިޑް ޓްރެޒަގޭގެ ޕޫނޭ އެފްސީއިން މެޗު ކާމިޔާބުކޮށްފައިވަނީ 1...

04 Nov 2014 | 08:01

ހީރޯ އިންޑިއަން ސުޕަރލީގުގައި ރޭ ކުޅުނު މެޗުގައި ޕޫނޭ އެފްސީއިން ނޯރތުއީސްޓް ޔުނައިޓެޑް ބަލިކޮށްފިއެވެ.

ކުރީގެ ފްރާންސްގެ މަޝަހޫރު ފޯވަރޑް ޑޭވިޑް ޓްރެޒަގޭގެ ޕޫނޭ އެފްސީއިން މެޗު ކާމިޔާބުކޮށްފައިވަނީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު " ޑޮމިނޭޓް " ކޮށް މެޗުގައި މޮޅަށް ކުޅެފައިވަނީ ޕޫނޭ އެފްސީއިންނެވެ. ނަމަވެސް މެޗުގައި ގޯލެއް ޖެހުމަށް ޕޫނޭ އެފްސީއަށްވަނީ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ. މެޗުގެ ހަމައެކަނި ގޯލް މެޗުގެ 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ނެދަރލޭންޑްސްގެ ޖޯން ގުސެންސެވެ.

ބަލިވިނަމަވެސް އިންޑިއާލީގުގެ ތާވަލުގައި ނޯރތުއީސްޓް ޔުނައިޓެޑްއޮތީ 8 ޕޮއިންޓާއެކު 3 ވަނައިގައެވެ. ޕޫނޭ އެފްސީއޮތީ 7 ޕޮއިންޓާއެކު ތާވަލުގެ 4 ވަނައިގައެވެ.

ހީރޯ އިންޑިއަން ސުޕަރލީގުގައި މިރޭ ބައްދަލުކުރާނީ މިހާރު ތާވަލުގެ އެއްވަނަ އެތުލެޓިކޯ ޑި ކޮލްކަޓާ އަދި ދެވަނަ ޗެންނާއީ އެފްސީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް