އިނގެރޭސި ޕްރިމިއަރލީގު: މާކޮސް ރޯހޯ އަނިޔާގެ ސަބަބުން 3 މަސްދުވަހަށް ކުޅުމާއި ދުރަށް

މެންޗަސްޓރ ޔުނައިޓެޑް އަދި މެންޗަސްޓަރ ސިޓީ ބައްދަލުކުރި މެޗުގައި އަނިޔާވި މެންޗަސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ މާކޮސް ރޯހޯ 3 މަސްދުވަހަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ. ސްޕޯރޓިން ލިސްބަންއިން 16 މިލ...

04 Nov 2014 | 07:59

މެންޗަސްޓރ ޔުނައިޓެޑް އަދި މެންޗަސްޓަރ ސިޓީ ބައްދަލުކުރި މެޗުގައި އަނިޔާވި މެންޗަސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ މާކޮސް ރޯހޯ 3 މަސްދުވަހަށް ކުޅުމާއި ދުރަށްދާން ޖެހިއްޖެއެވެ.

ސްޕޯރޓިން ލިސްބަންއިން 16 މިލިއަން ޕައުންޑަށް ޔުނައިޓެޑާއި މިސީޒަނަށް ގުޅުނު ރޯހޯގެ ކޮނޑުހުޅު ނައްޓާލާފައިވާކަމަށް މެޑިކަލް ރިޕޯރޓްތަށް ބުނެއެވެ. އަދި އޭނާ މުޅިން " ރިކަވަރ" ވުމަށްޓަކައި އޮޕަރޭޝަނެއްކުރަން ޖެހޭނެކަމަށްވެސް ލަފާކުރެވެއެވެ.

މިސީޒަންގައި އަލަށް ޓީމާ ހަވާލުވި ލުއިސް ވެންހާލްއަށް އެދެވޭ ނަތީޖާއެއް މިހާތަނަށް ނެރިވިފައިނުވާއިރު ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ޑިފެންޑަރުންގެ މައްސަލައެވެ. އެގޮތުން މިހާރުވެސް ރޯހޯގެ އިތުރުން ޑިފެންޑަރ ފިލް ޖޯންސް ، ރަފޭލް އަދި ޖޯނީ އީވަންސްހުރީ އަނިޔާގައެވެ. އަދި ސިޓީ މެޗުގައި ދެއްކި ރަތްކާޑާއެކު ސްމޯލިންއަށްވެސް ކުރިއަށްއޮތް މެޗު ނުކުޅެވޭނެއެވެ.

މެންޗަސްޓަރ ޔުނައިޓެޑް މިމަހުގެ 8 ވަނަދުވަހު ދެން ނިކުންނާނީ އަމިއްލަ ދަނޑުގައި ކުރިސްޓަލް ޕެލެސްއާއި ދެކޮޅަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް