އަހަރެން އުމުރުން 40 އަހަރުވަންދެން ރިއާލް މެޑްރިޑަށް ކުޅޭނަން: ކަސިލަސް

ސްޕެއިން އަދި ރިއާލް މެޑްރިޑްގެ ކާމިޔާބު ގޯލްކީޕަރ އީކަރ ކަސިލަސް އުމުރުން 40 އަހަރުވަންދެން ރިއާލް މެޑްރިޑަށް ކުޅޭނެކަމަށް އޭނާ ބުނެފިއެވެ. މިރޭ ޗެމްޕިއަންސްް ލީގުގެ ގުރޫޕް ސްޓޭޖްގައި ލިވަރޕޫލްއާއި ދ...

04 Nov 2014 | 07:47

ސްޕެއިން އަދި ރިއާލް މެޑްރިޑްގެ ކާމިޔާބު ގޯލްކީޕަރ އީކަރ ކަސިލަސް އުމުރުން 40 އަހަރުވަންދެން ރިއާލް މެޑްރިޑަށް ކުޅޭނެކަމަށް އޭނާ ބުނެފިއެވެ.

މިރޭ ޗެމްޕިއަންސްް ލީގުގެ ގުރޫޕް ސްޓޭޖްގައި ލިވަރޕޫލްއާއި ދެކޮޅަށް ނިކުތުމުގެ ކުރިން މެޗާބެހޭގޮތުން ވާހަކަދައްކަމުން ކަސިލަސް ބުނެފައިވަނީ އުމުރުން 40 އަހަރުވަންދެން އޭނާ ކުޅޭނީ ހަމައެކަނި ރިއާލް މެޑްރިޑަށް ކަމަށެވެ. އިތުރު ކުލަބަކަށް ކުޅުމުގެ ހިޔާލެއް ނުގެންގުޅޭކަމަށްވެސް ކަސިލަސް ބުންޏެވެ.

ކަސިލަސް ރިއާލްމެޑްރިޑްގެ ސްކޮޑުގައި އެންމެ ފުރަތަމަ ހިމަނާފައިވަނީ އުމުރުން 16 އަހަރުގައެވެ. 1997 ވަނަ އަހަރު ޗެމްޕިއަންސްލީގު މެޗަކަށް ރިއާލްގެ ބަދަލު 2 ގޯލްކީޕަރުންނަށްވެސް އަނިޔާ ވުމުގެ ސަބަބުން "ޓެކްނިކަލް ޑްރޯވިން" ކުލާހެއްގައި ކަސިލަސް ކިޔަވަންއިންދާ ރިއާލްގެ އޭޖެންޓުން އޭނާ ގެންދިޔައިރު އެކުގައިތިބި ކުދިން އަދި ޓީޗަރަށްވެސް އޭނާ ގެންދިޔަ ސަބަބު ނޭންގޭނެ ކަމަށްވެސް ކަސިލަސް މާޒީގެ ހަނދާން އާކުރަމުން ނޫސްވެރިންނާ ހިއްސާކުރިއެވެ.

ކަސިލަސް އިތުރަށް ބުނިގޮތުގައި ޓީމެއް ޓީމަކަށްވަނީ އެޓީމެއްގައި މިފަދަ ކުޅުންތެރިން ތިބުމުންކަމަށެވެ. އެގޮތުން ރޯމާގެ ޓޮޓީ އަދި ބަރސާގެ ޒަވީ ފަދަކުޅުންތެރިން ކަސިލަސް ފާހަގަކުރިއެވެ.

ކަސިލަސް ގެ 15 އަހަރުގެ ރިއާލް ކެރިއަރގައި ހޯދި ކާމިޔާބީތަކަށް ބަލާލާއިރު 5 ފަހަރު ލީގު ކާމިޔާބުކޮށް 3 ފަހަރަ ޗެމްޕިއަންސްލީގު ކާމިޔާބުކުރުން ހިމެނެއެވެ. ސްޕެއިންގެ ގައުމީޓީމާއެކު ކަސިލަސްވަނީ ވަރލްޑްކަޕް ގެންދިއުމުގެ އިތުރުން 2 ޔޫރޯ މުބާރާތް ކާމިޔާބުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް