ސުލްހަވެރި ސިފަ އެއްވުމުގެ ބައިވެރިންގެ އަމަލުތަކުން ގެއްލުނަސް ބާރުގެ ބޭނުންކޮށްފައިވާނީ ކެތްތެރިކަމާ ޕްރޮފެޝަނަލް ކަމާއެކު: ފުލުހުން

ރޭގައި އެމްޑީޕީން އިސްވެ އޮވެ ކުރިއަށްގެންދިޔަ މުޒާހަރާގައި ސުލްހަވެރި ސިފަ އެއްވުމުގެ ބައިވެރިންގެ އަމަލުތަކުން ގެއްލުނު ނަމަވެސް ބާރުގެ ބޭނުންކޮށްފައިވާނީ ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކުގައި ކަ...

04 Oct 2025 | 13:59
ރޭގެ މުޒާހަރާގެ ތެރެއިން -

ރޭގެ މުޒާހަރާގެ ތެރެއިން -

ރޭގައި އެމްޑީޕީން އިސްވެ އޮވެ ކުރިއަށްގެންދިޔަ މުޒާހަރާގައި

ސުލްހަވެރި ސިފަ އެއްވުމުގެ ބައިވެރިންގެ އަމަލުތަކުން ގެއްލުނު ނަމަވެސް ބާރުގެ ބޭނުންކޮށްފައިވާނީ

ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކުގައި ކަމުގައި ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައިވަނީ ރޭގެ އެއްވުމާއި ގުޅޭގޮތުން

ފުލުހުން މިރޭ ނެރުނު ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އެމްޑީޕީގެ

ފަރާތުން އިންތިޒާމުކޮށްގެން މާލޭގައި ބޭއްވި އެއްވުން ކުރިއަށްގެންދިއުމުގައި

އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނިކުމެ އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުންނާއި

އެކު ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ޚިލާފަށް އެއްވުމުގެ

ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތް ކުރުމުން އެ މަގުން އެއްވުން ކުރިއަށް

ނުގެންދެވޭނެ ކަމަށާއި، ކުރިން އެއްބަސްވެފައިވާގޮތަށް އެއްބަސްވުން ކުރިއަށް

ގެންދިއުމަށް އެއްވުމުގެ ބައިވެރިންނަށް ނަސޭހަތްތެރިވެ އިލްތިމާސް ކުރިނަމަވެސް،

އެއްވުމުގެ ބައިވެރިން އެގޮތަށް އަމަލުނުކޮށް ފުލުހުންނާ ކުރިމަތިލައި، ފުލުހުން މަގު

ބަންދުކުރުމަށް ބޭނުންކުރާ ބެރިކޭޑް ނަގައި އެއްލާލުމާއި، ފުލުހުން ގާނޫނު

ތަންފީޒުކުރުމުގެ ގޮތުން އެއްވުން ހުއްޓުވައި ކޮންޓްރޯލްކުރުމަށް ބޭނންކުރާ ޝީލްޑް

އަތުލުމަށް މަސައްކަތްކޮށް، ޝީލްޑެއް ނަގައި އެއްވުމުގެ ބައިވެރިން ޤާނޫނާއި

ޚިލާފު ހަރަކާތްތަކެއް ހިންގާފައިވާކަމަށެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސުލްހަވެރި އެއްވުމެއްގެ ސިފަ އެއްވުމުގެ ބައިވެރިންގެ އަމަލުތަކުން ގެއްލިފައިވާކަން އެނގެން އޮތުމާއި، އަދި އެ ގާނޫނަށް ގެނެވުނު އެއްވަނަ އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން މި ޚިދުމަތުގެ ފަރާތުން ލިޔުމުންދޭ ހުއްދައަކާ ނުލައި، ދިވެހިރާއްޖޭގެ ވެރިކަންކުރާ ރަށް ކަމުގައިވާ މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވުމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ކަނޑައަޅައި އާންމުކޮށް އިޢުލާނުކޮށްފައިވާ ތަންތަން ފިޔަވައި އެހެން ސަރަހައްދެއްގައި އެއްވުން ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުމުން ގާނޫނު ނެގެހެއްޓުމުގެ ގޮތުން މި ޚިދުމަތުގެ ފަރާތުން ނަސޭހަތާއި އިންޒާރު ދިނުމަށްފަހު އެ އެއްވުން ހުއްޓުވުމުގައި ޤާނޫނު ހުއްދަކުރާ ބާރުގެ ބޭނުން ކެތްތެރިކަމާއި ޕްރޮފެޝަނަލް ކަމާއެކު ކޮށްފައިވާނެ ކަމުގައި ދަންނަވަން

ފުލުހުން ބުނެފައިވެއެވެ.

އެއްވުން ހުއްޓުވުމުގައި ފުލުހުން ބާރުގެ

ބޭނުންކޮށްފައިވަނީ، ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން

ހެދިފައިވާ ގަވާއިދުތަކުން ފުލުހުންނަށް ލިބިދޭ ޤާނޫނީ ބާރާއި އިހުތިޔާރުގެ

ދާއިރާގެ ތެރެއިންކަމުގައި ފުލުހުން ބުނެފައިވެއެވެ. އަދި އެއްވުން ހުއްޓުވައި އަމަން

ގާއިމުކުރުމުގައި ފުލުހުން ބޭނުންކޮށްފައިވާ ބާރަކީ، އެފަދަ ހާލަތެއްގައި

ބޭޏުންކުރުމަށް ހަތިޔާރު ހޯދުމާއި ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދު އަދި

ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ

ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމާއި، އަދި އެފަދައިން ބާރުގެ ބޭނުންކުރުމުގައި

ނަގަހައްޓަންޖެހޭ އަސާސްތައް ނަގަހައްޓާފައިވާނެކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންގެ ނޫސްބަޔާނުގައި ބޭނުންކޮށްފައިވާ ބައެއް ފޮޓޯ - 

ރޭގައި އެއްވުމުގެ ބައިވެރިން އަދި އެއްވުން

އިންތިޒާމުކުރި އެމްޑީޕީއިން އެންމެ ބޮޑު އެއް ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރަނީ

އެއްވުން ރޫޅާލުމުގައި ތޫލި އަޑުތަކެއް އެކުލެވޭ އަޑުގެ އެލާމެއް ބޭނުންކުރި

ކުރުމެވެ. ފުލުހުންގެ ނޫސްބަޔާނުގައި އެކަމާއި ގުޅޭގޮތުން އެއްވެސް އެއްޗެއް

ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް