ޣައްޒާ މަސްރަޙް: ޣައްޒާއަށް ބޮން އެޅުން ހުއްޓައިލަން ޓްރަމްޕް އަންގައިފި ކަމަށް ބުނެފި

ޢައްޒާއަށް ބޮން އެޅުން ހުއްޓައިލުމަށް އިސްރާއީލަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަންގައިފި ކަމަށް ބައިނަލްއަގުވާމީ ނޫސް އިދާރާތަކުން ރިޕޯޓުކޮށްފިއެވެ. އެގޮތުން ރިޕޯޓްކޮށްފައިވާގޮތުގައި ޓްރަމްޕް...

04 Oct 2025 | 08:23
އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް -

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް -

ޢައްޒާއަށް ބޮން އެޅުން ހުއްޓައިލުމަށް އިސްރާއީލަށް

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަންގައިފި ކަމަށް ބައިނަލްއަގުވާމީ ނޫސް

އިދާރާތަކުން ރިޕޯޓުކޮށްފިއެވެ.

އެގޮތުން ރިޕޯޓްކޮށްފައިވާގޮތުގައި ޓްރަމްޕް މި

އެންގުން އިއްޔެ އަންގާފައިވަނީ އިސްރާއީލާއި ޣައްޒާއާއި ދެމެދު ހަމަލަ

ބަދަލުކުރުން ހުއްޓާލުމަށް އެމެރިކާއިން އިސްވެ އޮވެ އެކުލަވާލާފައިވާ ޕްލޭންގެ

ބައެއް ކަންކަމަށް އެއްބަސްވާކަމަށް ހަމާސް އިންވެސް ބުނުމުންނެވެ.

ހަމާސް އިން ބުނެފައިވާގޮތުގައި އަސީރުން ދޫކޮށްލައި

ޣައްޒާގައި ހަމާސްގެ ބާރު ފަލަޞްޠީނުގެ ރައްޔިތުންނަށް ދޫކޮށްލަން ހަމާސް އިން ތައްޔާރެވެ.

ހަމާސްގެ އެ މެސެޖާއެކު ޓްރަމްޕް ބުނެފައިވަނީ ދިގު

ދެމިގެންދާ ސުލްޙައަކަށް ހަމާސް އިން ތައްޔާރު ކަމުގައި ގަބޫލު ކުރެވޭ ކަމަށާއި

ހުއްޓުމެއްނެތި ބޮން އަޅަމުންދަނިކޮށް އަސީރުން ނެރެން ފަސޭހަ ނުވާނެ ކަމަށެވެ.

އެހެންކަމުން ބޮން އެޅުން ވަގުތުން ހުއްޓާލުމަށް ގޮވާލާ ކަމަށެވެ.

ހަނގުރާމަ ހުއްޓާލަން އެމެރިކާއިން އެކުލަވާލި

އެއްބަސްވުމާއި އެ އެއްބަސްވުމަށް ލިބެމުން އަންނަ ކުރިއެރުމަށް މިސްރާއި ޤަތަރުން

ތާއީދު ކުރާކަން ހާމަކޮށްފައިވެއެވެ.

ނަމަވެސް ހަމާސް އިން ބުނެފައިވަނީ އެއްބަސްވުމަށް އަމަލުކުރި

ނަމަވެސް ކޮންމެ ކަމެއްވެސް ނިންމަންވާނީ ފަލަޞްޠީނުގެ ރައްޔިތުންގެ ފުރިހަމަ ބާރާއި

ބަސް ހިމެނިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް