ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ޝަރީޢަތްތައް މާދަމާ ހެނދުނު ކްރިމިނަލް ކޯޓުގައި ބާއްވަން ތާވަލު ކޮށްފިއެވެ.
މި ޝަރީއަތް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ވަނީ 7 ދަޢުވާ އުފުލާ އެވެ. އެއީ މަނީ ލޯންޑަރިންގެ ދެ ދައުވާއާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އާއި މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމުގެ ދައުވާއަކާއި ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއެވެ.
މި މައްސަލަތަކުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ކްރިމިނަލް ކޯޓުގައި އަދީބު ވަނީ ހަތް ދައުވާ އަށް އިއުތިރާފް ވެފަ އެވެ. އަދި ދައުލަތާ އެކު ހަދާފައިވާ އިއުތިރާފްގެ އެއްބަސްވުމާ އެކު ދައުލަތަށް އެއްބާރުލުން ދީގެން ކުރިއަށް ދިއުމަށް ބޭނުންވާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
މީގެ އިތުރުން އޭނާ މައްސަލަތަކަށް އިއުތިރާފްވެ، ދޭ އެއްބާރުލުމަށް ބަލާ ވީ އެންމެ ކުޑަ އަދަބެއް ދިނުމަށް ގާޒީގެ ކިބައިން އަދީބު ވަނީ އެދިވަޑައިގެންފަ އެވެ.
ހަތް ދައުވާއަށް އަދީބު އިއުތިރާފް ވުމުން މައްސަލަ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ.
ސިއްހީ ހާލަތު ހުރި ގޮތުން އަދީބު މިވަގުތު ހުރީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް