ބޭންގް ބޭންގް އެންމެ ކާމިޔާބު ފަސް ފިލްމްގެ ތެރޭގައި ހިމެނިއްޖެ

ވޭތުވެދިޔަ ދެތިން އަހަރުތެރޭ ނުކުތް ބޮލީވުޑް ފިލްތްތަކުގެ ތެރެއިން ފުރަތަމަ ދުވަހުން އެންމެ ބޮޑު ފައިދާއެއް ހޯދުނު ފަސް ފިލްމްގެ ތެރޭގައި ބުރާސްފަތި ދުވަހު ރިލީޒް ކުރި ބޭންގް ބޭންގް ހިމެނިއްޖެ އެވެ. ރ...

04 Oct 2014 | 09:29

ވޭތުވެދިޔަ ދެތިން އަހަރުތެރޭ ނުކުތް ބޮލީވުޑް ފިލްތްތަކުގެ ތެރެއިން ފުރަތަމަ ދުވަހުން އެންމެ ބޮޑު ފައިދާއެއް ހޯދުނު ފަސް ފިލްމްގެ ތެރޭގައި ބުރާސްފަތި ދުވަހު ރިލީޒް ކުރި ބޭންގް ބޭންގް ހިމެނިއްޖެ އެވެ.

ރިތިކް ރޯޝަންއާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅެފައިވާ މި ފިލްމަށް ފުރަތަމަ ދުވަހު ހަމައެކަނި އިންޑިޔާއިން 27 ކްރޯޑް ރުޕީސް ވަނީ ލިބިފަ އެވެ. ރިޕޯޓުތައް ބުނާގޮތުން މި ފިލްމް ފަސްހާހާ ގާތް ކުރާ އަދަދެއްގެ ސިނަމާތަކުގައި ރިލީޒް ކުރި އިރު ފުރަތަމަ ދުވަހުވެސް 90 އިންސައްތަ ސިނަމާތައް ވަނީ ފުރިފައެވެ.

މި ފިލްމާ އެއްވަރުގެ ކާމިޔާބުތައް ފުރަތަމަ ދުވަހުން ލިބިފައިވަނީ "ދޫމް 3" އާއި "ޗެންނާއި އެކްސްޕްރެސް" އާއި "އޭކްތާ ޓައިގާ" ގެ އިތުރުން މިދިޔަ އޯގަސްޓްމަހުގެ 15 ގައި ރިލީޒް ކުރި "ސިންގަމް ރިޓާންސް" އަށެވެ.

މިއީ މިހާތަނަށް ރިތިކް ކުޅެފައިވާ ފިލްމްތަކުގެ ތެރެއިން ފުރަތަމަ ދުވަހުން މިހާބޮޑު ކާމިޔާބީއެއް ލިބުނު ފުރަތަމަ ފިލްމެވެ. އަދި ކެޓްރީނާއަށް މިފަދަ ބޮޑު ކާމިޔާބީއެއް ލިބުނު ތިން ވަނަ ފިލްމެވެ. އެންމެ ބޮޑު ފައިދާއެއް ހޯދިފައިވާ ފަސް ފިލްމްގެ ތެރޭގައި ހިމެނޭ "ބޭންގް ބޭންގް" އާއި "އޭކްތާ ޓައިގާ" އަދި "ދޫމް 3" އަކީ ކެޓްރީނާ ލީޑްރޯލް ކުޅެފައިވާ ފިލްމްތަކެވެ.

ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް މި ފިލްމް ބެލި މީހަކު ފިލްމާ ގުޅޭގޮތުން ނެގެޓިވް ކޮމެންޓެއް ކޮށްފައެއް ނުވެ އެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް