އެސްޓީއޯގެ ސިޓީ ހޮޓެލް - ފޮޓޯ: ޕީއެސްއެމް
އެސްޓީއޯއިން ހުޅުމާލޭގައި ކުރިއަށްގެންގޮސްފައިވާ
ސިޓީ ހޮޓަލުގެ އަގުކޮށް އެ ހޮޓެލް އެޗްޑީސީއާއި ހަވާލުކޮށްފިއެވެ.
މިކަން ހާމަކޮށް މިއަދު އެސްޓީއޯއިން ބުނެފައިވަނީ އެސްޓީއޯއިން
ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލް، އެޗްޑީސީއާއެކު 20 މިލިއަން ޔޫއެސް ޑޮލަރަށް
އަގުކޮށް އެއްބަސްވުމަށްފަހު، ހުޅުމާލޭ ފޭސް 2 އިން ބިމަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގައި
ދެ ފަރާތުން މިދިޔަ އާދީއްތަ ދުވަހު ސޮއިކޮށްފައިވާކަމަށެވެ.
"މި މުޢާމަލާތާއި ގުޅިގެން ކުންފުނީގެ ހިސާބުތަކަށް
އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު، 2025 ވަނަ އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި
ހިމެނޭނެ، މި އިޢުލާނު ކުރެވިފައި މި ވަނީ ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ
ކޮންޓިނުއިން ޑިސްކްލޯޝަރ އޮބްލިގޭޝަންސް އޮފް އިޝުއަރޒްގެ (ސީ.ޑީ.އޯ.އައި) ރެގިއުލޭޝަންގެ
ދަށުން" އެސްޓީއޯއިން ބުނެފައިވެއެވެ.
އެ ހޮޓާ ހިންގުމަށް އެޗްޑީސީން ވަނީ މިދިޔަ މެއި
މަހުގެ ތެރޭގައި ކުންފުންޏަކާ ހަވާލުކޮށްފައެވެ.
އެ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަ ކުރެވޭ
ސަރަހައްދަކާއި މީޑިއާ ވިލެޖާއި އީ-ސްޕޯޓްސް ޔޫތު ސެންޓަރު އަދި ހެރިޓޭޖް ކޮލެޖާއި
މެޑިކަލް ކޮލެޖް ގާއިމު ކުރާނެއެވެ. އަދި ބާކީ ޖާގައިގާ ފަސް ތަރީގެ ފެންވަރުގެ 158
ކޮޓަރި ހަދައި ހޮޓަލެއްގެ ގޮތުގައި ހިންގާނެއެވެ.
އެ ސިޓީ ހޮޓަލަކީ އެމެރިކާގެ ކާލްސަން ހޮޓެލް
ގްރޫޕާއެކު 2008 ވަނަ އަހަރު އެސްޓީއޯއިން ފެށި މަސްރޫއެކެވެ. 2012 ވަނަ އަހަރު
އިމާރާތްކުރަން ފެށި އެ ހޮޓަލުގެ މަސައްކަތް އެކި ސަބަބުތަކާހެދި ހުއްޓިފައި އޮތް
އިރު އެތައް ފަހަރަކު އެތަން ވިއްކާލަންވެސް އެސްޓީއޯއިން އިއުލާނުކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް