ވ. ތިނަދުއާއި ފެލިދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރަން ހަވާލުކޮށްފި

ވ. އަތޮޅުގެ ތިނަދުއާއި ފެލިދޫގައި ކުނި މެނޭޖްކުރާ މަރުކަޒު ގާއިމުކުރުމަށް ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން އިއްޔެ ބު...

04 Sep 2025 | 06:39
އެއްބަސްވުމުގައި ސޮއި ކުރުން -

އެއްބަސްވުމުގައި ސޮއި ކުރުން -

ވ. އަތޮޅުގެ ތިނަދުއާއި ފެލިދޫގައި ކުނި މެނޭޖްކުރާ

މަރުކަޒު ގާއިމުކުރުމަށް ވީ އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ

ހަވާލުކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން

އިއްޔެ ބުނެފައިވަނީ އެކަމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފައިވާކަމަށެވެ.

މި ޕްރޮޖެކްޓަކީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި

ކުނި މެނޭޖްކުރުމުގެ ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ

ދަށުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކު (އޭ.ޑީ.ބީ)ގެ ހިލޭ އެހީއާއި ސަރުކާރުގެ ޚަރަދުގައި

ކުރިއަށްގެންދާ މަޝްރޫޢު ގްރޭޓަރ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓަ އެންޑް

ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް އިން ވ. ތިނަދޫ އާއި ވ. ފެލިދޫގައި ކުނި މެނޭޖްކުރާ

މަރުކަޒުތަކެއް ގާއިމުކުރުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށް ބުނެފައިވެއެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ 120 ދުވަހުގެ ތެރޭ

ނިންމާގޮތަށެވެ. ދެ އެއްބަސްވުމުގެ ޖުމްލަ އަގަކީ 3,835,321.49ރ (ތިންމިލިއަން އަށްލައްކަ

ތިރީސްފަސްހާސް ތިންސތޭކަ އެކާވީށް ރުފިޔާ ސާޅީސްނުވަ ލާރި) ކަމަށް

ބުނެފައިވެއެވެ.

ސާފުރާއްޖެ ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއްގައި

މިއެއްބަސްވުންތަކުގައި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ފަރާތުން

ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަންމަންޓް އަލްފާޟިލް

އަހްމަދު ނިޒާމެވެ. އަދި މަސައްކަތް ހަވާލުކުރެވުނު ކުންފުނިތަކުގެ ފަރާތުން އެއްބަސްވުންތަކުގައި

ސޮއިކުރެއްވީ އެކުންފުނީގެ އިސްވެރިންނެވެ.

މިނިސްޓްރީން ބުނެފައިވާގޮތުގައި އެ ދެރަށުގެ ކުނި މެނޭޖްކުރާ

މަރުކަޒުތަށް ގާއިމުކުރުމުގެ މަސައްކަތް އިއްޔެ ހަވާލުކުރިނަމަވެސް ކުނި މެނޭޖްކުރުމަށް

މިރަށްރަށަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްތައް މިނިސްޓްރީންވަނީ މީގެކުރިން އެރަށްރަށުގެ

ކައުންސިލްތަކާއި ހަވާލުކޮށްފައެވެ. އެގޮތުން މީގެ ތެރޭގައި ރަށުތެރޭ ކުނިއުފުލަން

ބޭނުންކުރާ ވެހިކަލްގެ އިތުރުން ދަޅުފިއްތާ މެޝިނާއި ވުޑް ޗިޕަރ ހިމެނޭކަމުގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް