ދިރާގު ފުޓްސަލް މުބާރާތް ''ޑެސްކަޕް'' 2025 ނިންމައިލައިފި

ދިރާގުގެ އަހަރީ ފުޓްސަލް މުބާރާތުގެ 19 ވަނަ އެޑިޝަން، ޑެސްކަޕް 2025 ނިންމައިލައިފިއެވެ. މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދިރާގުގެ މުވައްޒަފުންގެ ފަރާތުން ހޫނު ތަރުހީބަކާއި ބޮޑު ބައިވެރިވުމެއް ލިބ...

04 Sep 2025 | 06:27
ދިރާގު ޑެސްކަޕް 2025 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-

ދިރާގު ޑެސްކަޕް 2025 ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-

ދިރާގުގެ އަހަރީ ފުޓްސަލް މުބާރާތުގެ 19 ވަނަ އެޑިޝަން،

ޑެސްކަޕް 2025 ނިންމައިލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ދިރާގުގެ މުވައްޒަފުންގެ

ފަރާތުން ހޫނު ތަރުހީބަކާއި ބޮޑު ބައިވެރިވުމެއް ލިބިގެންނެވެ.

މި އަހަރުގެ މުބާރާތުގެ ތިން ލީގުން ޗެމްޕިއަންކަން

ހޯދި ޓީމުތައް މިހާރު ވަނީ ހާމަކުރެވިފައެވެ. ސީ.އީ.އޯ އެންޑް އެމް.ޑީސް ކަޕްގެ އެއްވަނަ

ހޯދީ ޑީ.އެސް.އެސް ޔުނައިޓެޑް ޓީމެވެ. ޕްރީމިއާރ ލީގްގެ ޗެމްޕިއަންކަންވެސް ހޯދާފައިވަނީ

ފިނޭންޒެސް ޓީމާއެކު ވާދަވެރި މެޗެއް ކުޅެގެން ޑީ.އެސް.އެސް ޔުނައިޓެޑް ޓީމުންނެވެ.

ސުޕަރ ލީގްގެ ފައިނަލް މެޗުގައި ސީ.އެން.އެފް.ސީ ޓީމާއި އާރް.އޯ.ސީ ޓީމު ވާދަކުރުމަށް

ފަހު ޗެމްޕިއަންކަން ނަގައިފައިވަނީ ސީ.އެން.އެފް.ސީ ޓީމުންނެވެ.

އަދި ދިރާގުގެ އަންހެން މުވައްޒަފުންނަށް ހާއްސަ ކޮށްގެން

ކުރިއަށް ގެންދެވުނު "ވިމެންސް ފިއެސްޓާ" މުބާރާތުގައި ޓެކްނޮލޮޖީ ކަންބަލުންނާއި

ހިޔަލަ ޓީމުގެ ވާދަވެރި މެޗަކަށްފަހު ހިޔަލަ ޓީމުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.

މުޅި ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް

ކުރާ ދިރާގު މުވައްޒަފުންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދެވުނު މި މުބާރާތުގައި

މި އަހަރު ޖުމްލަ 321 މުވައްޒަފުންނާއެކު 20 ޓީމެއް ވަނީ ބައިވެރިވެފައިވެއެވެ.

ދިރާގުން މިފަދަ މުބާރާތްތައް ބޭއްވުމުގެ މައިގަނޑު

މަގްސަދަކީ، ދިރާގު އީ-ކްލަބް މެދުވެރިކޮށް ހުރިހާ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގެ

ބޭރުން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް