ރަމޯން މަގްސައިސައި އެވޯޑް ޝާހިނާ އަލީ އަށް

އޭޝިއާ ބައްރުގެ ނޮބެލް ޕްރައިޒްގެ ގޮތުގައި ސިފަކުރާ ރަމޯން މަގްސައިސައި އެވޯޑް ރާއްޖޭގެ ޝާހިނާ އަލީ އަށް ލިބިއްޖެއެވެ. ފިލިޕީންސްގެ ކުރީގެ ރައީސް ރަމޯން މަގްސައިސައިގެ ހަނދާނުގައި 1957 އިން ފެށިގެން ދ...

04 Sep 2025 | 05:41
ޝާހިނާ އަލީ -

ޝާހިނާ އަލީ -

އޭޝިއާ ބައްރުގެ ނޮބެލް ޕްރައިޒްގެ ގޮތުގައި ސިފަކުރާ ރަމޯން މަގްސައިސައި އެވޯޑް ރާއްޖޭގެ ޝާހިނާ އަލީ އަށް ލިބިއްޖެއެވެ.

ފިލިޕީންސްގެ ކުރީގެ ރައީސް ރަމޯން މަގްސައިސައިގެ ހަނދާނުގައި 1957 އިން ފެށިގެން ދެމުން އަންނަ އެވޯޑުގެ މި އަހަރު ކުރިއަށްގެންދިޔައީ 67 ވަނަ ރަމޯން މަގްސައިސައި އެވޯޑްސް އެވެ.

މި އަހަރު މި އެވޯޑް ލިބިގެންގޮސްފައިވަނީ ތިން ފަރާތަކަށެވެ. އެއީ އިންޑިއާގެ ފައުންޑޭޝަން ޓު އެޑިއުކޭޓް ގާލްސް ގްލޯބަލީ އާއި ޝާހިނާ އަލީގެ އިތުރުން ފިލިޕީންސްގެ ރެވް، ފްލަވިއާނޯ އެންޓޯނިއޯއަށެވެ.

ޝާހިނާ އަލީ އަކީ ފްލާސްޓިކް ޕޮލިއުޝަނާއި ދެކޮޅަށް ވަކާލާތު ކުރަމުން އަންނަ ފަރާތެކެވެ. ފޮޓޯގްރާފަރެއްގެ އިތުރުން ޑައިވް އިންސްޓްރަކްޓާއެއްވެސް މެއެވެ. ޝާހިނާ އަލީ ޑިރެކްޓަރުކަން ކުރަމުން އަންނަ ޕާލޭ މޯލްޑިވްސް އިން އަންނަނީ ރާއްޖޭގައި ޕްލާސްޓިކް ކުނި މަދު ކުރުމަށް ގިނަ ކެމްޕޭނުތަކެއް ހިންގަމުންނެވެ.

އެވޯޑާއި ގުޅޭ ވީޑިއޯ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް