މީހަކަށް އޮޅިގެން ޓެކްސީ ޑްރައިވަރެއްގެ އަތަށް ދެވުނު ފައިސާގެ ވެރިފަރާތް ހޯދަނީ

މީހަކަށް އޮޅިގެން ޓެކްސީ ޑްރައިވަރެއްގެ އަތަށް ދެވުނު 500 ރުފިޔާގެ ވެރި ފަރާތް ފުލުހުން ހޯދަން ފަށައިފިއެވެ. ފުލުހުން ވިދާޅުވި ގޮތުގައި، މި ކަން ހިނގައިފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއ...

04 Sep 2019 | 08:59

މީހަކަށް އޮޅިގެން ޓެކްސީ ޑްރައިވަރެއްގެ އަތަށް ދެވުނު 500 ރުފިޔާގެ ވެރި ފަރާތް ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މި ކަން ހިނގައިފައި ވަނީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުއެވެ.

ފުލުހުން ވިދާޅުވި ގޮތުގައި، މި 500 ރުފިޔާ އަކީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހުގެ ވަގުތެއްގައި ޓެކްސީއަކުން ދަތުރުކުރި މީހަކު ޑްރައިވަރު އަތަށް ފައިސާ ދިންއިރު އިތުރަށް ދެވިފައިވާ ފައިސާއެވެ.

އަދި އެ ފައިސާ ފުލުހުންނާއި ހަވާލުކޮށްފައިވަނީ އެ ފައިސާ އަނބުރާ ހަވާލުކުރަން ބެލިއިރު އެމީހާ އެ ސަރަހައްދުގައި ފެންނަން ނެތުމުންނެވެ.

ފުލުހުން ވިދާޅުވީ، މިފައިސާގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ކާކުކަން އެނގޭނެ ފޮޓޯޖެހި ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންއަށް ހާޟިރުވެ، ފައިސާއައި ހަވާލުވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް