މިޔަންމާ އާއި އެކު އަސްކަރީ ތަމްރީންތަކެއް ހިންގާކަށް ނޫޅެން: އެމްއެންޑީއެފް

ރާއްޖެ އާއި މިޔަންމާގެ އަސްކަރިއްޔާ ގުޅިގެން ތަމްރީންތަކެއް ހިންގަން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެއްގައި ބު...

04 Sep 2017 | 17:25

ރާއްޖެ އާއި މިޔަންމާގެ އަސްކަރިއްޔާ ގުޅިގެން ތަމްރީންތަކެއް ހިންގަން އުޅޭ ކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެ ގައުމުގެ ގުޅިގެން ތަމްރީންތަކެއް ހިންގަން ނިންމާފައި ނުވާ ކަމަށެވެ. އަދި ކުރިމަގުގައި މިޔަންމާ ބައިވެރިވާ އަސްކަރީ ތަމްރީންތަކެއްގައި ދިވެހި އަސްކަރިއްޔާއިން ބައިވެރިވާން ނިންމާފައި ނެތް ކަމަށް ބުނެފައިވެ އެވެ.

ރާއްޖޭގެ މީޑިއާގައި ރިޕޯޓު ކޮށްފައިވާގޮތުގައި މި އަސްކަރީ ތަމްރީންތައް ކުރިޔަށް ގެންދަނީ އިންޑިއާ އާއި ރާއްޖެ އަދި މިޔަންމާ ގުޅިގެންނެވެ. މިހަބަރު ރިޕޯޓުކޮށްފައިވަނީ ބޭރުގެ ނޫސްތަކާއި ހަވާލާދީ އެވެ.

މި ހަބަރު މިދިޔަ މަހުގެ ދެ ވަނަ ދުވަހު އިންޑިއާގެ ނޫހެއް ކަމަށްވާ ޓައިމްސް އޮފް އިންޑިއާގައި ޖަހާފައިވެ އެވެ. އެ ހަބަރުގައި ބުނެފައިވަނީ އިންޑިއާ އަސްކަރިއްޔާއިން އިންތިޒާމު ކުރާ މި ތަމްރީން ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެކަމަކު ތާރީހެއް ބުނެފައެއް ނުވެ އެވެ.

އިންޑިއާގެ އަސްކަރިއްޔާގެ އިސް އޮފިސަރަކާއި ހަވާލާދީ ބުނެފައިވަނީ އެ ތަމްރީންތަކުގައި މިޔަންމާ އާއި ރާއްޖެ ބައިވެރިވާނެ ކަމަށާއި ތަމްރީންތައް ބޭއްވުމަށް ހަމަޖެހިފައިވާތަން ޔަގީން ނުވިޔަސް ބެލެވޭ ގޮތުގައި ތަމްރީންތައް ކުރިޔަށް ގެންދާނީ ޕޫނޭގައި ކަމަށެވެ.

ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް މިޔަންމާގެ އަސްކަރިއްޔާއިން ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ގުޅިގެން ދިވެހި ސަރުކާރުން ވަނީ އެ ގައުމާއި އެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލާފައި އެވެ. މިޔަންމާ އަކީ ރާއްޖެ އާއި އެކު ވިޔަފާރީގެ ގުޅުން ހިންގާ އެންމެ މަގު އެއް ގައުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް