ގެއްލިގެން ހޯދަމުންދިޔަ ޅ. ނައިފަރަށް ނިސްބަތްވާ ހައްޖާޖީ، އުމުރުން 71 އަހަރުގެ އަބްދުއްލަތީފް އަލީ ފެނިއްޖެ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އޭނާ ފެނިފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ބަޔަކު ހަރަމް ފުޅަށް ދަނިކޮށް ހޮޓާ ކައިރިން މައްކާއިންނެވެ. އަބްދުއް ލަތީފް ގެއްލިފައިވަނީ މިދިޔަ ހުކުރު ދުވަހު ހިލަ އުކަން ގޮސް އުޅެނިކޮށެވެ.
މައްކާގައި ތިބި ދިވެހި ނޫސްވެރިން މައުލޫމާތުދޭގޮތުގައި ފެނުނު އިރު އަބްދުއްލަތީފްގެ ހާލު ރަނގަޅެވެ. އޭނާ ހައްޖަށް ގޮސްގެން އުޅެނީ އަންހެނުންނާއި އެކު އެވެ.
އަބްދުއްލަތީފުގެ އިތުރުން ވެސް ބަޔަކު ގެއްލުނެވެ. އެ އެންމެން ފެނިފައިވާއިރު ގެއްލުނު ހުރިހާ ހައްޖާޖީންނަކީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް