މިނާ ކައިރީގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ސައުދީ އަރަބިއްޔާގެ މިނާ ކައިރީގައި ހުރި ވެއަރހައުސްއެއްގައި ރޭގެ ވަގުތެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ސައުދ...

03 Sep 2017 | 23:42

ސައުދީ އަރަބިއްޔާގެ މިނާ ކައިރީގައި ހުރި ވެއަރހައުސްއެއްގައި ރޭގެ ވަގުތެއްގައި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. ސައުދީގެ ސިވިލް ޑިފެންސުން ވަނީ، އެ ވެއަރހައުސްގައި ރޯވި އަލިފާން ނިއްވާލާފަ އެވެ.

ސައުދީގެ ސިވިލް ޑިފެންސުން ހާމަކޮށްފައިވާގޮތުގައި އެ ހާދިސާގެ މައުލޫމާތު ލިބުނީ ރޭ 08:25ގަ އެވެ. އަލިފާން ރޯވެފައިވަނީ އެ ވެއަރހައުސްގައި ގުދަންކޮށްފައިހުރި ފަރުނީޗަރުތަކެއްގައި ކަމަށާއި ކުޑަ ވަގުތުކޮޅެއްގެތެރޭގައި އަލިފާން ކޮންޓްރޯލް ކުރެވިފައިވާއިރު އަލިފާން ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސައުދީ ސިވިލް ޑިފެންސުން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް