ޔަހޫދީންގެ ބަޑީގެ ހަމަލާއެއްގައި ފަލަސްތީނު ރައްޔިތަކު ޝަހީދު ވެއްޖެ

ނިމިދިޔަ ހަފްތާގެ ތެރޭގައި ފަލަސްތީނުގެ ކޭމްޕެއް ރެއިޑް ކުރުމަށް ކަމަށްބުނެ އެ ކޭމްޕަށްވަދެ އިޒްރޭލުގެ ފުލުހުން ބަޑީގެ ހަމަލާއެއް ދިން ފަލަސްތީނު ރައްޔިތަކު، ފަރުވާ ހޯދަމުން ދަނިކޮށް ޝަހީދުވެއްޖެ އެވެ...

03 Sep 2017 | 23:32

ނިމިދިޔަ ހަފްތާގެ ތެރޭގައި ފަލަސްތީނުގެ ކޭމްޕެއް ރެއިޑް ކުރުމަށް ކަމަށްބުނެ އެ ކޭމްޕަށްވަދެ އިޒްރޭލުގެ ފުލުހުން ބަޑީގެ ހަމަލާއެއް ދިން ފަލަސްތީނު ރައްޔިތަކު، ފަރުވާ ހޯދަމުން ދަނިކޮށް ޝަހީދުވެއްޖެ އެވެ.

މި ހާދިސާގައި ޝަހީދުވެފައިވަނީ އުމުރުން 21 އަހަރުގެ ރާއިދު އަލް ސާލިހީ އެވެ. އޭނާ ނިޔާވީ އިޒްރޭލު ހޮސްޕިޓަލެއްގައި ފަރުވާ ދެމުން ދަނިކޮށެވެ.

ފަލަސްތީނުން ހާމަކޮށްފައިވާގޮތުގައި ރާއިދުގެ ގަޔަށް ފަސް އުންޑަ އަމާޒުކޮށްފައި ވެ އެވެ. މި ހަމަލާއާއި ބެހޭގޮތުން ބޭރުގެ މީޑިއާއިން ސުވާޅު ކުރުމުން އިޒްރޭލުން ބުނެފައިވަނީ އެކަން ބެލުމަށްފަހު ކޮމެންޓެއް ކުރާނެ ކަމަށެވެ.

ފަލަސްތީނު އަދި އިޒްރޭލުގެ މަސްރަހަށް ނަޒަރު ހިންގާލާއިރު 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިހާތަނަށް އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ 294 ރައްޔިތަކު ޝަހީދުވެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް