މިރޭ ވެސް ހުޅުމާލޭގައި ހަވާ އަރުވާނެ

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 އާ ގުޅިގެން މިރޭ ވެސް ހުޅުމާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެ އެކްސްޕޯ އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ. ހަވާ އެރުވުން ކުރިއަށް ދާނީ މިރޭ 22:00 ހާ...

04 Jul 2026 | 08:17
N/A

N/A

މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ 2026 އާ ގުޅިގެން މިރޭ ވެސް ހުޅުމާލޭގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެ އެކްސްޕޯ އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.

ހަވާ އެރުވުން ކުރިއަށް ދާނީ މިރޭ 22:00 ހާއިރު ހުޅުމާލޭ އިރުމަތީ ފަރާތު ބޭރުން މޫދުގައެވެ. ގާތްގަނޑަކަށް ފަސް މިނެޓެއް ހާ އިރު ހަވާ އެރުވުން ކުރިއަށް ދާނެއެވެ. ރޭ ވެސް ވަނީ އެކްސްޕޯއާ ގުޅިގެން ހުޅުމާލޭގައި ހަވާ އަރުވައިފައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ މި އެކްސްޕޯ ކުރިއަށް ދަނީ ޖުލައި ދޭއް އިން ހަތަރެއް އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ. ނުވަ އަހަރުގެ މެދުކެނޑުމަކަށް ފަހު ބާއްވާ މި އެކްސްޕޯ ހުޅުއްވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ ރާއްޖޭގެ މާލީ ދާއިރާގެ އެންމެ ބޮޑު އެއްވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް