މަންޒަރު ސިފަކޮށްދިނުމަށް އޭއައި މެދުވެރިކޮށް ތައްޔާރުކޮށްފައިވާ ފޮޓޯއެއް -
މާރާމާރީ މައްސަލައެއްގައި، އެ ތަނަށް ހާޒިރުވި ފުލުހެއްގެ ގައިގައި ޖެހި އަންހެނަކު 10 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ބަންދު އަމުރުން އެނގޭ ގޮތުގައި ބަންދުކޮށްފައި ވަނީ މއ. ގަޖާރެގެ، ޢާއިޝަތު ޝާމްނާ، 34 އެވެ. އޭނާގެ ދާއިމީ އެޑްރެހަކީ ފެނާބް / ލ. މާބައިދޫ އެވެ. އޭނާގެ މައްޗަށް ތުހުމަތުކުރެވެނީ މާރާމާރީ ހިންގުމެވެ.
މައްސަލައިގެ ތަޙުޤީޤީ އޮފިސަރު (އައިއޯ) ފާހަގަކުރެއްވި ގޮތުގައި، މާރާމާރީގެ މަޢުލޫމާތު ލިބިގެން އެ ތަނަށް ދިޔަ ފުލުހެއްގެ ގައިގައި ޝާމްނާ ޖަހައި، ފުލުހާ ދެމެދު މާރާމާރީ ހިންގާފައިވެއެވެ. އޭނާ އަކީ ކުރިން ވެސް ހައްޔަރު/ބަންދު ރެކޯޑު އޮތް ފަރާތެކެވެ.
ކޯޓުން ޝާމްނާ 10 ދުވަހަށް ކަސްޓޯޑިއަލް ޖަލުގައި ބަންދުކުރީ ދޫކޮށްލައިފި ނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭތީއެވެ. މި އަމުރު ނެރުއްވީ ޤާޟީ އިބްރާހީމް ޛިހުނީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް