މި އަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނާނެ ތަންތަނާއި، ފިޠުރު ޒަކާތް ބަލައިގަންނާނެ ވަގުތުތަކާއި އަގުތައް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެގޮތުން އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުން 02 ރަމަޟާން އިން 28 ރަމަޟާންގެ ނިޔަލަށް ކުރިޔަށް ދާނެ ކަމަށެވެ.
"މާލޭގައި ފިޠުރު ޒަކާތް ބަލައިގަންނާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން 02 ރަމަޟާން 1440 އިން ފެށިގެން 29 ރަމަޟާން 1440 ނިޔަލަށް (ބަންދުނޫން) ކޮންމެދުވަހެއްގެ 09:15 ން 13:00 އަށެވެ. ވިލިމާލޭގައި ފިޠުރު ޒަކާތް ބަލައިގަންނަމުންދާނީ ސިޓީ ކައުންސިލްގެ ވިލިމާލެ ޔުނިޓުންނެވެ. އަދި ހުޅުމާލޭގައި ނަމަ ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުންނެވެ. މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިޠުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިންނެވެ." އެ އިއުލާނުގައި ބުނެފައިވެއެވެ.
އެ އިއުލާުނުގައި ބުނެފައިވާގޮތުގައި ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އަހަރު ތެރޭގައި އެ ރަށެއްގައި ބަނޑުކެއުމުގެ ގޮތުގައި ޢާއްމުކޮށް ކައިއުޅުނު ބާވަތަކުން 2.4 ކިލޯގެ އަގެވެ. ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ގޮވާމުގެ އަގަށްވާ ފައިސާއިންނެވެ. މާލޭ ސިޓީ (މާލެ/ހުޅުމާލެ/ވިލިމާލެ) ގައި ދިރިއުޅޭ މީހުން ޒަކާތްދައްކާނީ އަންނަނިވި އަގުތަކުންނެވެ.
[contentcards url="http://www.gazette.gov.mv/iulaan/view/101842" target="_blank"]
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް