އިންތިހާބު ލަސްކުރެވޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް: އީސީ

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ލަސް ކުރުމުމަށް ދެއްކޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. މަޖިލިސް އިންތިހާބު ލަސްކުރަން އުޅޭ ކަމުގެ އެއް...

04 Apr 2019 | 08:07

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބު ލަސް ކުރުމުމަށް ދެއްކޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިހާބު ލަސްކުރަން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް އީސީއަށް ލިބިފައި ނުވާކަމަށް، އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވިއެވެ. ޝަރީފް އިތުރަށް ވިދާޅުވީ، އިންތިހާބު ލަސް ކުރަން އެއްވެސް މުއައްސަސާ އަކުން ނުވަތަ ކޯޓަކުން ނިންމޭނީ ގާނޫނީ ހުއްޖަތެއްގެ އަލީގައި ކަމަށާއި، އެފަދަ ހުއްޖަތެއް ދެއްކޭނެ ފުރުސަތެއް، އީސީން މިފަހަރު ދީފައި ނޯންނާނެ ކަމަށެވެ.

އިންތިހާބު ލަސްކުރަން ބައެއް މީހުން މަސައްކަތް ކުރަމުން އަންނަ އަޑުތަކެއް މީގެ ކުރިން ވަނީ ފެތުރިފައެވެ. މީގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާވެސް ވަނީ އިންތިހާބު ބާއްވަން ހަމަޖެހިފައިވާ ދުވަހު އިންތިހާބު ބާއްވަން ގޮވާލައިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް