ޘަޤީފް އިސްލާމް ދީން ދިފާއު ކުރައްވާނެކަމަށް ހެކިވަން: ޝައިޚް އިލްޔާސް ޖަމާލް

ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސައިން ޘަޤީފް އިސްލާމްދީން ދިފާއު ކުރައްވާނެ ކަމަށް އައްޝައިޚް އިލްޔާސް ޖަމާލް ހެކިވެ ވަޑައިގެންފިއެވެ. އިސްލާމިކް މިނިސްޓްރ...

04 Apr 2019 | 03:10

ރައްޔިތުންގެ މަޖްލީހުގެ އިންތިހާބުގައި ވައިކަރަދޫ ދާއިރާއަށް ވާދަކުރައްވާ ހުސައިން ޘަޤީފް އިސްލާމްދީން ދިފާއު ކުރައްވާނެ ކަމަށް އައްޝައިޚް އިލްޔާސް ޖަމާލް ހެކިވެ ވަޑައިގެންފިއެވެ.

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝައިޚް އިލްޔާސް ޖަމާލް ޘަޤީފްއާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ޘަޤީފްއަށް ކާމިޔާބު މިންވަރުކުރެއްވުމަށް އެދި ދުޢާކުރައްވާ ކަމަށާއި ޘަޤީފްއަކީ ރައްޔިތުންގެ މަޖްލީހުގައި އިސްލާމްދީން ދިފާއުކުރައްވާ ވަކާލާތު ކުރައްވާނެ ކެނޑިޑޭޓެއް ކަމުގައި ހެކިވާކަމަށެވެ.

މީގެ އިތުރުން ޝައިޚް އިލްޔާސް ޖަމާލް ވިދާޅުވެފައިވަނީ ޘަޤީފްއަކީ ކޮންކަހަލަ ބޭފުޅެއްކަން ރަނގަޅަށް އެނގިލައްވާ ކަމަށާއި ޘަޤީފްއަކީ އިސްލާމް ދީނާއި ފުށުނާރާގޮތަށް ޤަނޫނުތައް ހެދުމަށް ވަކާލާތުކުރައްވާނެ ކެނޑިޑޭޓެއް ކަމަށެވެ.

ހދ އަތޮޅު ކައުންސިލްގެ ރައީސްކަންވެސް ކުރެއްވި ހުސައިން ޘަޤީފް ވައިކަރަދޫ ދައިރާއަށް ވާދަކުރައްވަނީ އަދާލަތު ޕާޓީގެ ޓިކެޓުގައެވެ.

ދާދިފަހުން ޘަޤީފްގެ ކެމްޕެއިން ޓީމާއި ބައްދަލުކުރައްވާ އަދާލަތު ޕާޓީގެ ރައީސް އަދި މިސަރުކާރުގެ ހޯމް މިނިސްޓަރ ޝައިޚް އިމްރާންވެސްވަނީ ރައްޔިތުންގެ މަޖްލީހަށް ޘަޤީފް ހޮވުމުގެ މުހިއްމުކަމުގެ މައްޗަށް ވާހަކަ ދައްކަވާފައެވެ. އެގޮތުން ޝައިޚް އިމްރާން ވިދާޅުވީ ޘަޤީފް ހޮވުމުގައި އެކި ޕާޓީތަކާއި ޕާޓީތަކަށް ނިސްބަތްނުވާ ފަރާތްތައްވެސް ޝާމިލްވާގޮތަށް އެންމެންގެ ވިސްނުން އެބަ އެއްވިސްނުމަކަށް ވާކަމަށާއި މިވަގުތު ނިކުންނަވާފަތިބި ކެނޑިޑޭޓުންގެ ތެރެއިން ވައިކަރަދޫ ދާއިރާއަށާއި މިޤައުމަށް ވަގުތު އެންމެ މަސްލަހަތުހުރީ ޘަޤީފްކަން އެންމެނަށް އެބަ ޤަބޫލުކުރެވޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް