މޯލްޑިވް ގޭހުގެ ދެ މުވައްޒަފަކަށް އެކުންފުނީގެ ފަރާތުން ހައްޖު ދަތުރު ދީފިއެވެ.
އިއްޔެ މޯލްޑިވް ގޭސްގައި ބޭއްވި ރަސްމިއްޔާތެއްގައި، މިއަހަރުގެ ހައްޖު ދަތުރު ލިބުނު ދެ މުވައްޒަފުންނާ ވަނީ އެކަމުގެ ލިޔުން ހަވާލު ކޮށްފައެވެ. ހައްޖު ދަތުރު ލިބިފައިވަނީ ފޯމަނެއްގެ ގޮތުގައި އެ ކުންފުނީގައި ވަޒީފާ އަދާކުރާ މުހައްމަދު ވަހީދަށާއި ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ އަލީ ވަހީދަށެވެ. އެ ލިޔުން އެފަރާތްތަކާ ހަވާލުކުރެއްވީ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމެވެ.
މޯލްޑިވް ގޭހުން ބުނީ ހައްޖު ދަތުރު ދިނުމުގައި އިސްކަން ދީފައިވަނީ ޕާފޯމެންސް ރަނގަޅު އަދި ކުންފުންޏަށް ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންނަށް ކަމަށެވެ. މި ހައްޖު ދަތުރަކީ މޯލްޑިވް ގޭސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މިދިޔަ އަހަރު އިއުލާނުކުރި ހައްޖު ދަތުރެކެވެ.
މޯލްޑިވް ގޭހުން ނިންމާފައިވަނީ މި އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެ މުވައްޒަފަކަށް ހައްޖު ދަތުރު ދޭށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް