ހިއުމަންރައިޓްސް ކޮމިޝަަނުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އާއި ބައްދަލު ކުރައްވައިފިއެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން މިނިސްޓަރ އިމްރާނާއި ބައްދަލުކުރައްވައިފަ ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ހޯމް މިނިސްޓްރީން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިބައްދަލުވުމުގައި ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން އެކޮމިޝަނަށް ހުރި ގޮންޖެހުންތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެކޮމިޝަނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވާނެ ގޮތްތަކާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރެއްވި ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.
މިއަދު ހެނދުނު މިނިސްޓަރު އިމްރާންއާއި ހިއުމަން ރައިޓްސް ކޮމިޝަންގެ ފަރާތުން ބައްދަލުކުރައްވާފައިވަނީ އެ ކޮމިޝަންގެ ރައީސް އައިމިނަތު އީނާސްގެ އިތުރުން އެ ކޮމިޝަންގެ ނައިބު ރައީސް މުހައްމަދު ޒާހިދު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް