ހިއްސާއަކަށް 3.22ރ ބަހަން އުރީދޫއިން ފާސްކޮށްފި

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.22 ރުފިޔާ ބަހަން ރޭގައި ބޭއްވި އުރީދޫގެ އަހަރީ ޖަލްސާގައި ފާސްކޮށްފިއެވެ. މިދިޔަ އަހަރު އުރީދޫއަށް ލިބުނު 88 ޕަސެންޓްގެ ފައިދާ ބަހަން ފާސްކުރީ ރޭގެ ޖަލްސާއަށް...

04 Mar 2019 | 07:51

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 3.22 ރުފިޔާ ބަހަން ރޭގައި ބޭއްވި އުރީދޫގެ އަހަރީ ޖަލްސާގައި ފާސްކޮށްފިއެވެ. މިދިޔަ އަހަރު އުރީދޫއަށް ލިބުނު 88 ޕަސެންޓްގެ ފައިދާ ބަހަން ފާސްކުރީ ރޭގެ ޖަލްސާއަށް ހާޒިރުވި ހިއްސާދާރުންގެ އިއްތިފާގުންނެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް ވަނީ 1.9 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އަދި 544 މިލިއަން ރުފިޔާ ސާފު ގޮތުގައި އެ ކުންފުންޏަށް ވަނީ ލިބިފައިވެއެވެ.

ރޭގެ ޖަލްސާގައި އުރީދޫއިން ވަނީ އެ ކުންފުނި އޮޑިޓް ކުރަން ކޭޕީއެމްޖީ އާ ހަވާލުކޮށްފައެވެ. މި ކުންފުނިން އުރީދޫ އޮޑިޓް ކުރަން ހަވާލުވީ   875085 ރުފިޔާއަށެވެ.

އުރީދޫއިން ވަނީ މިދިޔަ އަހަރުގެ ފައިދާއިން 85 ޕަސެންޓް ބަހާފައެވެ. އެއީ ހިއްސާއަކަށް 3.20 ރުފިޔާއަށެވެ.

ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް އުރީދޫ ބަދަލުވީ 2017 ވަނަ އަހަރުއެވެ. އެއަހަރު އުރީދޫއިން ވަނީ ހިއްސާ ވިއްކަން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް