ރާއްޖެ އެތެރެކުރަން އުޅުނު ބުދުތަކެއް ހިފަހައްޓައިފި

އިންޑިއާއިން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ބުދުތަކެއް ކަސްޓަމްސް އިން ރޭގަ ހިފަހައްޓައިފިއެވެ. އެބުދުތައް އަތުލައިގެންފައިވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެވި އިންޑިއާ ބައެއްގެ އަތުންނެވެ. އަދ...

04 Mar 2019 | 06:54

އިންޑިއާއިން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ބުދުތަކެއް ކަސްޓަމްސް އިން ރޭގަ ހިފަހައްޓައިފިއެވެ.

އެބުދުތައް އަތުލައިގެންފައިވަނީ ވައިގެ މަގުން ރާއްޖެއަށް އެތެރެވި އިންޑިއާ ބައެއްގެ އަތުންނެވެ. އަދި މޮ ބުދުތަކަކީ އަޅުކަން ކުރަން ބޭނުންކުރާ ޒާތުގެ ބުދުތަކެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބޭގޮތުގައި، ކަސްޓަމްސް އިން ވަނީ 28 ބުދެއް ހިފަހައްޓާފައެވެ. އެކި ސައިޒުތަކުގެ ބުދުތައް އޭގެ ތެރޭގައި ހިމެނޭއިރު، އެއް ބުދު ފިޔަވާ ދެން ހުރީ ކުދި ސައިޒުތަކުގެ ބުދުތައް ކަމަށް ވެއެވެ.

ކަސްޓަމްސް އިން ރަސްމީކޮށް މިކަން އަދި މީޑިއާތަކާއި ހިއްސާ ކޮށްފައެއް ނުވެއެވެ. އަދި އެ މީހުން ރާއްޖެ އަށް ގިނަ އަދަދެއްގެ ބުދު އެތެރެކުރީ ކޮން ބޭނުމަކު ކަމެއް ސާފެއް ނުވެ އެވެ. އަދި އެ މީހުން ރާއްޖެ އައީ ކީއްކުރަން ކަމެއް ވެސް ސާފެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް