އިންޑިޔާގެ ނޫހަށް ޑިފެންސް މިނިސްޓަރ މާރިޔާދީދީ ދެއްވި އިންޓަވިއުއާ ގުޅިގެން އެއްވެސް ބޭފުޅަކަށް ހިތްޕުޅު ހަމަނުޖެހިވަޑައިނުގެންފައިވާނަމަ އެކަމަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.
އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް މާރިޔާ މަޢާފަށް އެދިވަޑައިގެންނެވީ މިއަދު އޮތް ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ ސްޓްރެޓެޖިކް ނިއުސް އިންޓަނޭޝަލް އަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ދެއްވި އިންޓަވިއުއާއި ގުޅިގެން އެކަމަނާ މަޖިލީހަށް ހާޒިރު ކުރަން ހުށައެޅީ، މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގެވެ.
"އެހެންކަމުން އަޅުގަނޑުގެ އިންޓަވިއުގައި އެބުނެވުނު ބަސްކޮޅާ މެދު ހިތް ހަމަނުޖެހުމަށް އުފެދި އޮޅުމެއް އަރާފައިވާ ނަމަ އަޅުގަނޑު އެކަމަށް ނުހަނު އިހްލާސްތެރިކަމާ އެކު މައާފަށް އެދެން،" މާރިޔާ ވިދާޅުވި އެވެ.
މާރިޔާ އިތުރަށް ވިދާޅުވީ އެ އިންޓަވިއުގައި އެކަމަނާ ވަރަށް ގިނަ ކަންތައްތަކަށް އަލިއަޅުވާލައި ވާހަކަފުޅު ދެއްކެވި ކަމަށާއި، ބައެއް ބޭފުޅުންނަށް ނުތަނަވަސްކަން އައިސްގެން އުޅެނީ 22 މިނެޓްގެ ތެރެއިން ފަސް ސިކުންތުގެ ވާހަކައަށް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް