ލޯންޗް އެކްސިޑެންޓްގައި އަނިޔާވި ކައްޕިގެ ހާލު ދެރަ

ބ. އަތޮޅުގައި ލޯންޗަކާއި ޑިންގީއެއް އެކްސިޑެންޓްވެ ހިނގި ހާދިސާގައި ލޯންޗްގެ ކެޕްޓަންއަށް ބޮޑެތި އަނިޔާތަކެއް ލިބި އަދިވެސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ ފުލުހުން ބުނީ، އެކްސިޑެންޓުގ...

04 Jan 2020 | 09:52

ބ. އަތޮޅުގައި ލޯންޗަކާއި ޑިންގީއެއް އެކްސިޑެންޓްވެ ހިނގި ހާދިސާގައި ލޯންޗްގެ ކެޕްޓަންއަށް ބޮޑެތި އަނިޔާތަކެއް ލިބި އަދިވެސް ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ

ފުލުހުން ބުނީ، އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ލޯންޗުގެ ދުއްވަން އިން މީހާއަށް ކަމަށެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ މޫނުމަތިން ބައެއް ވަރަށް ބޮޑަށް ކަފައިގެން ދިޔުމުގެ އިތުރުން އަތާއި އިނގިއްޔެއް ވަނީ ބިނދިފަ އެވެ.

އެ ހާދިސާގައި ޑިންގީގައި ތިބި ތިން މީހުންގެ ތެރެއިން އެކަކު އަދިވެސް ފެނިފައެއް ނުވެ އެވެ. އޭނާގެ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ފުލުހުންނާއި ސިފައިން ކުރަމުންދާއިރު އޭނާ ހޯދުމަށް ސިފައިން ވަނީ ލިބެންހުރި ހުރިހާ ވަސީލަތްތަށް ބޭނުންކޮށްގެން ބޮޑު އޮޕަރޭޝަނެއްވެސް ފަށާފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެ ހާދިސާ ހިނގީ ބ. ދޮންފަނާއި އެއަތޮޅު ހަނިފަރާ ދެމެދު ދެކޮޅަށް ދަތުރުކުރަމުން ދިޔަ ދެ އުޅަނދު ޖެހިގެންނެވެ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް