ވަރިކޮށްފިކަން ސައުދީ ކަނބަލުންނަށް، މެސެޖަކުން އެނގޭނެ ނިޒާމެއް ސައުދީ ކޯޓުތަކުގައި ގާއިމް ކޮށްފިއެވެ.
ސައުދީގެ ގިނަ އަންހެން ގާނޫނީ ވަކީލުންތަކައެއް ބުނެފައިވާ ގޮތުގައި ސައުދީގެ ޖަސްޓިސް މިނިސްޓްރީން ތައަރަފް ކުރި، ވަރިކުރިކަން މެސަޖަކުން އެނގޭ ނިޒާމުގެ ސަބަބުން، ވަރިކުރިކަން އެނގޭ އެންމެ ފަހު މީހަަކަށް އަންހެނުންވުން ނިމުމަކަށް އަންނާނެއެވެ.
ސައުދީގެ އަންހެން ވަކީލެއް ސައުދީގެ ނޫހެއް ކަމަށްވާ ސައުދީ ގެޒެޓަށް ދެއްވި އިންޓަވިއުގައި ބުނެފައިވާ ގޮތުގައި، ފަހަކަށް އައިސް އަންހެނުންނަށް ފިރިމީހާ ވަރިކުރި ކަން ނޭނގި، ވަރިކުރާ ފަހުންވެސް އެތައް ދުވަހެެއް ވަންދެން އެކީގައި އުޅޭ މައްސަލަތަކެއް ފެންމަތި ވެފައިވާ ކަމަށެވެ. މީގެ އިތުރުންވެސް އެ ވަކީލު ބުނި ގޮތުގައި، ސައުދީގެ ފިރެހެނެއް އަންހެނުންނަށް ނާންގާ ވަރިކޮށް ހުރިހާ ލިޔެކިޔުންތައްވެސް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.
އެހެންނަމަވެސް މީހާރު އަލަށް ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ ގާނޫނުގެ ދަށުން، ކޯޓަށް ވަރިއަށް ހުށައެޅުމުން ވަގުތުން އަންހެނުންނަށް މެސެޖަކުން އެކަން އަންގައިލާނެ ކަަމަށް ބުނެފައިވެއެވެ. ވަރިކުރުމުގެ ގާނޫނަށް މިގެނައި އިސްލާހުގެ ސަބަބުން އޮޅުވައިލައިގެން އަންހެނުންގެ މުދާތައް ހޯދުމާއި، އަންހެނުންގެ ކިބައިން ފައިދާ ނެގުން މަދުވެގެން ދާނެ ކަަމަށްވެސް އިންޓަވިއުގައި ވިދާޅުވެފައި ވެއެވެ.
ސައުދީގައި އޮޅުވައިލައިގެން އަންހެނުންނަށް ނޭނގި ވަރިކުރުމާއި އަދި އަންހެނުންގެ މުދާތައް ހިޔާނާތުން އަތުލުމަކީ ވަރަށް ޝަކުވާ ހުށައެޅޭ މައްސަލައެކެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް