ސްޓަރ ޕްލަސް އިން ދައްކަމުން އަންނަ "ޔޭ ރިޝްތާ ކްޔާ ކެހެލާތާހޭ" ގެ ތަރި ޕަރުލް ޗޯހަން، އޭނާގެ ފިރިކަލުން ޗިރާގު ޓައްކަރާއެކު ހަނީމޫނަށް ރާއްޖެ އަތުވެއްޖެއެވެ.
މި ދެތަރިން ކައިވެނިކޮށްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގައެވެ.
ރާއްޖޭގައި ހަނީމޫން ހޭދަކުރަމުން އަންނަނީ ކޮން ރިސޯޓެއްގައިކަން ސީދާ ސާފުނުވިނަމަވެސް މި ދެތަރިން އަންނަނީ ހަނީމޫނުގެ ފޮޓޯތައް އިންސްޓަގްރާމްގައި އާއްމު ކުރަމުންނެވެ.
މޮޑެލެއްގެ ގޮތުގައި ކުރިން މަޝްހޫރު ޕަރޫލް ހިންދީ ޑްރާމާތައް ކުޅެންފެށީ ސްޓާ ޕްލަސްއިން ކުރިން ދެއްކި "ސަޕްނާ ބާބުލް ކާ.. ބިދާއީ" އިންނެވެ. އެއަށްފަހު ގިނަ ސީރިއަލްތަކެއްގައި މަސައްކަތްކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް