2020 ގައި މާލޭގައި އައު ސަރވިސް ސެންޓަރުތަކާކާއެކު ބީއެމްއެލް ގެ ބޭންކިންގ ހިދުމަތްތަކަށް ހެޔޮ ބަދަލެއް

ބޭންކުގެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ދިނުމަށާއި ބައިނަލް އަގްވާމީ ފެންވަރުގެ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލްގެ ބޭންކިންގ ހިދުމަތްތަކަށް ...

03 Dec 2019 | 06:27

ބޭންކުގެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ދިނުމަށާއި ބައިނަލް އަގްވާމީ ފެންވަރުގެ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދިނުމަށް ބީއެމްއެލްގެ ބޭންކިންގ ހިދުމަތްތަކަށް ބޮޑު ބަދަލެއް ގެނެސް މާލޭގެ އެކި ސަރަހައްދުތަކުގައި ވަކި ވަކި ހިދުމަތްތަކަށް ހާއްސަ ސެންޓަރު ތަކެއް ގާއިމް ކުރުމަށް ހަމަޖައްސައިފިއެވެ.

މިގޮތުން ޖަނަވަރީ 2020 ގައި މުޅިން އަލަށް އެކައުންޓް ހުޅުވުމަށް ހާއްސަ ސެންޓަރަކާއި ލޯން ސެންޓަރެއް ހުޅުވުމަށްވަނީ ނިންމާފައެވެ. އަދި މި ސެންޓަރުތައް މެދުވެރިކޮށް ޕާރސަނަލް ބޭންކިންގ ކަސްޓަމަރުންނަށް އެކައުންޓް ހުޅުވުމާއި ލޯނަށް އެދި ހުށަހެޅޭނެ ކަމުގައި ބޭންކުން ބުނެއެވެ.

މި ފެށިގެންދާ އައު އަހަރާއެކު، މުޅިން އަލަށް ޑިޖިޓަލް ބްރާންޗެއް މަޖީދީ މަގުގައި ހުޅުވިގެންދާނެއެވެ. މި ސެންޓަރު ވެގެންދާނީ އެންމެ ޒަމާނީ ޑިޖިޓަލް ބޭންކިންގ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާ ސެންޓަރަކަށެވެ. މި ބަދަލާއެކު، މިހާރު ހިދުމަތް ދެމުން އަންނަ މަޖީދީ މަގު ބްރާންޗުން ދެމުން އަންނަ ހިދުމަތް 2 ފެބްރުއަރީ 2020 ފެށިގެން މެދުކަނޑާލެވިގެން ދާނެއެވެ.

މި ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ހުޅުވުމަށް ކަނޑައެޅިފައިވާ އާ އެކައުންޓް އޯޕަނިންގ ސެންޓަރާއި ލޯން ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ފުރިހަމަ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. އަދި ޑިޖިޓަލް ބްރާންޗާއެކު ކަސްޓަމަރުންގެ ބޭންކިންގ ތަޖުރިބާ އަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

އެކައުންޓަރުން ފޯރޮކޮށްދެވޭ ފައިސާގެ މުއާމަލާތްތައް ނުހިމެނޭ އެހެން ހުރިހާ ހިދުމަތެއް އަލަށް ހުޅުވިގެންދާ އެކައުންޓް އޯޕަނިންގ ސެންޓަރާއި، ލޯން ސެންޓަރާއި، އަދި މިހާރު ހިދުމަތް ފޯރުކޮށްދެމުން އަންނަ ކަސްޓަމަރ ސާރވިސް ސެންޓަރާއި ބިސްނަސް ސެންޓަރު މެދުވެރިކޮށް ލިބިގެންދާނެކަމަށާއި ފައިސާގެ މުއާމަލާތްތައް ހިމެނޭ ހިދުމަތްތައް މަލޭގައި މެއިން ބްރާންޗް މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެވިގެންދާނެ ކަމަށް ބޭންކުންބުނެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 37 ބްރާންޗް، 50 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 115 އޭޓީއެމް، 277 ކޭޝް އޭޖެންޓުންގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް