އަދުރޭގެ ދަރި ފައިސަލް ހުޅުމާލެ ދާއިރާއަށް ކުރިމަތިލާން ނިންމައިފި

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ދަރި، ފައިސަލް އިބްރާހިމް ހުޅުމާލެ ދާއިރާއަށް ކުރިމަތިލާން ނިންމައި އެކަން އިއުލާނު ކޮށ...

03 Dec 2018 | 05:52

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)ގެ ދަރި، ފައިސަލް އިބްރާހިމް ހުޅުމާލެ ދާއިރާއަށް ކުރިމަތިލާން ނިންމައި އެކަން އިއުލާނު ކޮށްފިއެވެ.

ފައިސަލް މިކަން އިއުލާނު ކޮށްފައިވަނީ އޭނާގެ ފޭސްބުކް ޕްރޮފައިލްގައެވެ.

އެގޮތުން އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރައީސް ޔާމީނަށް އިހްލާސްތެރިވާނެ ކަމަށާއި 2019ގެ މަޖިލިސް އިންތިހާބުގައި ހުޅުމާލެ ދާއިރާއަށް ކުރިމަތިލާން ނިންމާފައިވާކަމަށެވެ.

ފައިސަލް އަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްވެސްމެއެވެ. ހުޅުމާލެ ދާއިރާއަށް ކުރިމަތިލާން ފައިސަލް ނިންމާފައިވާއިރު މަޖިލިސް އިންތިހާބާއި ގުޅޭގޮތުން ޕީޕީއެމްއިން އަދި މާ ގިނަ މައުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް