ތޫފާން އޯޗީގައި މަލިކު ސަރަހައްދަށް ލިބުނު ގެއްލުން 500 ކުރޯޑު ރުޕީސް އަށް

ތޫފާން އޯޗީގައި މަލިކު ހިމެނޭ ސަރަހައްދު ކަމުގައިވާ ލަކްޝަދްވީޕް އަށް ލިބުނު ގެއްލުން 500 ކުރޯޑު ރުޕީސް އަށް އަރާ ކަމުގައި އެ ސަރަހައްދުގެ މެމްބަރު މުހައްމަދު ފައިޒަލް ވިދާޅުވެއްޖެ އެވެ. އެމްޕީ ފައިޒަ...

03 Dec 2017 | 14:19

ތޫފާން އޯޗީގައި މަލިކު ހިމެނޭ ސަރަހައްދު ކަމުގައިވާ ލަކްޝަދްވީޕް އަށް ލިބުނު ގެއްލުން 500 ކުރޯޑު ރުޕީސް އަށް އަރާ ކަމުގައި އެ ސަރަހައްދުގެ މެމްބަރު މުހައްމަދު ފައިޒަލް ވިދާޅުވެއްޖެ އެވެ.

އެމްޕީ ފައިޒަލް މިހެން ވިދާޅުވެފައިވަނީ ހިންދުސްތާން ޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގަ އެވެ. ލަކްޝަދްވީޕް ސަރަހައްދަކީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދެވެ.

އޭނާ ބުނެފައިވަނީ އެ ސަރަހްއްދުގެ ރައްޔިތުން އާންމު ހާލަތަށް ބަދަލުވުމަށް އެހީތެރިކަން ބޭނުންވާކަމަށާއި، މަލިކު، ކަލްޕެނީ އަދި ކަވަރައްޓީގެ ރައްޔިތުން އާންމު ހާލަތަކަށް ރުޖޫއަވާން ސަރުކާރުގެ އެހީތެރިކަން ބޭޏުންވާނެ ކަމަށެވެ.

"500 އަށްވުރެ ގެ ވަނީ ހަލާކުވެފައި، ރުށްތައް ވަނީ ވެރިފައި، ކަރަންޓާއި މުއާސަލާތީ ހިދުމަތްތަކަށްވެސް މިވަނީ ބުރޫ އަރާފައި" ހިންދުސްތާން ޓައިމްސް އަށް ދީފައިވާ އިންޓަވިއުގައި އެމްޕީ ފައިޒަލް ވިދާޅުވެފައި ވެ އެވެ.

ތޫފާން އޯޗީގެ އަސަރު ލަކްޝަދްވީޕް އަށް އިންތިހާއަށް ކޮށްފައިވާއިރު އެ ސަރަހައްދުގެ ބައެއް މަސްވެރިން ގެއްލިފައިވާކަމުގައި އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓް ކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް