އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް އަށް ކުރައްޕާއި މީދަލާއި ހިނީގެ އުނދަގޫ ބޮޑު ކަމަށް ވޮޝިންޓަންގެ މީޑީއާއެއް ކަމުގައިވާ އެންބީސީ 4 އިން ހާމަކޮށްފި އެވެ.
އެންބީސީ 4 އިން މިކަން ހާމަކޮށްފައިވަނީ ވައިޓް ހައުސްގެ މެއިންޓެއިނަންސްގެ ލިޔުންތަކެއް ހޯދުމަށްފަހު އެ ލިޔުންތަކަށް ހަވާލާ ދީ އެވެ.
އެ ރިޕޯޓްތަކުގައިވާގޮތުން ވައިޓް ހައުސްގެ "ސިޗުއޭޝަން ރޫމް" ގައްޔާއި ވައިޓް ހައުސް ނޭވީ ސްޓާފުން ކެއުމަށް ތައްޔާރުކޮށްފައިވާ މެސް ރޫމްގައި މީދަލުގެ އުނދަގޫ ބޮޑުކަމަށް ބުނެފައި ވެ އެވެ.
މީގެ އިތުރުން ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީގެ އޮފީސްކޮޅަށް ހިނީގެ އުނދަގޫ ބޮޑު ކަމަށާއި ވައިޓް ހައުސްގެ ދެކުނު ފަޅިއަށް ކުރަފީގެ އުނދަގޫ ބޮޑު ކަމުގައިވެސް އެ ލިޔެކިޔުންތަކާއި ހަވާލާދީ އެންބީސީ 4 އިން ރިޕޯޓް ކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް