ބިޔޯންސޭ އޭނާ ބޭނުންކުރާ އީމެއިލް އެޑްރެސް ހަފްތާއަކު އެއްފަހަރު ބަދަލުކުރާ ކަމަށް، ބިޔޯންސޭ އާއެކު ދާދިފަހުން ލަވަ ކިޔާފައިވާ އެޑް ޝީރަން ބުނެފި އެވެ.
އެޑް ޝީރަން މިހެން ބުނެފައިވަނީ އޭނާ ބިޔޯންސޭ އާއެކު ކިޔާފައިވާ ލަވަ "ޕާރފެކްޓް" އާއި ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެމުންނެވެ.
އެޑް ޝީރަން ބުނެފައިވަނީ މި އަހަރުގެ މެއި މަހުން ފެށިގެން ބިޔޯންސޭ އަށް ބަރާބަރަށް މެއިލް ކުރަމުން އަންނަ ކަމަށާއި ކޮންމެ ހަފްތާއަކު ބިޔޯންސޭ އޭނާގެ އީމެއިލް އެޑްރެސް ބަދަލުކުރާ ކަމަށެވެ.
މަޝްހޫރު ތަރިންގެ އީމެއިލް އާއި ޝޯޝަލް މީޑިއާ އެކައުންޓްތަކަށް އަބަދުވެސް ހެކަރުންގެ އުނދަގޫ ފޯރައެވެ. ހަފްތާއަކު އެއްފަހަރު ބިޔޯންސޭ އޭނާގެ މެއިލް އައިޑީ ބަދަލުކުރަނީ އެހެންވެ ކަމުގައި ވެދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް