ގަމުގައި އިއްޔެ ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމްވެއްޖެ

ލ ގަމުގައި އިއްޔެ ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމްވެއްޖެ އެވެ. ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ލ ގަމުގައި ދެމީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކު ޒ...

03 Dec 2017 | 07:59

ލ ގަމުގައި އިއްޔެ ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމްވެއްޖެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ލ ގަމުގައި ދެމީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި އެކަކު ޒަހަމްވެފައިވާކަމަށެވެ.

"ދެމީހެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި އެކަކު ވަނީ ޒަހަމް ވެފައި، އެއްވެސް މީހަކު ހައްޔަރެއް ނުކުރޭ، މައްސަލަ ދަނީ ތަހުގީގު ކުރަމުން" ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޒަހަމްވި މީހާ އަށް އަނިޔާވެފައިވަނީ އޭނާގެ ބޮލަށެވެ. އިތުރު ފަރުވާއަށް މިހާރު އެމީހާ ވަނީ މާލެ ފޮނުވާލާފަ އެވެ. ޒަހަމްގެ މާ ބޮޑު ތަފްސީލެއް އަދި ލިބިފައެއް ނެތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް