ދިވެހި 74 ނަރުހަކު އިންޑިއާގައި އެޑްވާންސް ސެޓިފިކެޓް ކޯސް ފުރިހަމަ ކޮށްފި

އިންޑިއާގެ ކެރަލާ އެކެޑަމީ ފޮރ ސްކިލްސް އެކްސެލެންސް އިން ހިންގާ ނާރސިންގް އިންސްޓިޓިއުފް ފޮރ ކެރިއަރ އެންހޭންސްމެންޓް (NICE) ގައި ދިވެހި 74 ދަރިވަރަކު، ސްކިލް ޑެވެލޮޕްމެންޓް ކޯސް ފުރިހަމަ ކޮށްފި އެވެ...

03 Dec 2017 | 06:27

އިންޑިއާގެ ކެރަލާ އެކެޑަމީ ފޮރ ސްކިލްސް އެކްސެލެންސް އިން ހިންގާ ނާރސިންގް އިންސްޓިޓިއުފް ފޮރ ކެރިއަރ އެންހޭންސްމެންޓް (NICE) ގައި ދިވެހި 74 ދަރިވަރަކު، ސްކިލް ޑެވެލޮޕްމެންޓް ކޯސް ފުރިހަމަ ކޮށްފި އެވެ.

ދިވެހި 74 ދަރިވަރަކު މި ކޯސް ފުރިހަމަ ކޮށްފައިވާއިރު މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިންނެވެ. މި ޕްރޮގްރާމަކީ އެންޑްވާންސް ސެޓިފިކެޓް އިން ނާސިންގް (ލެވެލް 4) ގެ ކޯހެކެވެ.

މި ކޯސް ނިންމުމުގެ ރަސްމިއްޔާތު ހުކުރު ދުވަހު ބާއްވާފައިވާއިރު އެ ރަސްމިއްޔާތު ފައްޓަވައިދެއްވީ އިންޑިއާގެ ލޭބަރ އެފެއަރސް މިނިސްޓަރު، ޓީ ޕީ ރާމަކްރިޝްނަން އެވެ. އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ރާއްޖޭގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވެފައިވަނީ ނަރުހުންގެ ޕާސަނަލް ޑެވެލޮޕްމެންޓަށް ނައިސްގެ މި ޕްރޮގްރާމްގެ ސަބަބުނ ބޮޑު ފައިދާއެއް ވާނެ ކަމަށާއި ކުރިއަށް އޮތް ބެޗްގައި ރާއްޖެއިން 103 ނަރުހަކު ބައިވެރިވާނެ ކަމަށެވެ.

ނައިސް އިންސްޓިޓިއުޓް އަކީ އެކި ގައުމުތަކުގެ ދަރިވަރުންނަށް މިފަދަ ޕްރޮގްރާމްތައް ހިންގަމުން އަންނަ އިންސްޓިޓިއުޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް