ހަ އަހަރު ފުރުމުގެ އުފަލުގައި މުޅި މަސްދުވަހު، އޭސް ހާޑްވެއާގައި 80% އާއި ހަމައަށް ޑިސްކައުންޓް

ޑިސެމްބަރު މަހަކީ އޭސް ހާރޑްވެއާރ އަށް އެންމެ ޙާއްސަ މަހެވެ. ޑިސެމަބަރު މަހު 15 ގައި އޭސް ހާރޑްވެއާރ އަށް 6 އަހަރު ފުރޭއިރު މި ކުންފުނިން ވަނީ މިމުނާސަބަތުގެ އުފަލުގައި ވަރަށް ޙާއްސަ ޕްރޮމޯސަން ތަކެއް...

03 Dec 2017 | 05:17

ޑިސެމްބަރު މަހަކީ އޭސް ހާރޑްވެއާރ އަށް އެންމެ ޙާއްސަ މަހެވެ. ޑިސެމަބަރު މަހު 15 ގައި އޭސް ހާރޑްވެއާރ އަށް 6 އަހަރު ފުރޭއިރު މި ކުންފުނިން ވަނީ މިމުނާސަބަތުގެ އުފަލުގައި ވަރަށް ޙާއްސަ ޕްރޮމޯސަން ތަކެއް ފަށައިފައެވެ.

މި ޕޮމޯޝަންގައި އޭސްހާރޑްވެއަރގެ ފިހާރަތަކުގައި %80 އާހަމައަށް ޑިސްކައުންޓު އެޅުވިފައިވާނެއެވެ. އަދި ފިހާރައަށް އަންނަ ކޮންމެ ކަސްޓަމަރަކަށް ބައިވެރިވެވޭ ގޮތަށް ނަސީބުން ލިބޭ ޑިސްކައުންޓު "ސްޕިން ދަ ވީލް ޑިސްކައުންޓް" ސިސްޓަމް އިން އިތުރު ޑިސްކައުންޓު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން އޭސް ހާރޑްވެއަރ ގެ ފިހާރަތަކުން ވިޔަފާރި ކުރައްވާ ހުރިހާ ބެފުޅުންނަކަށް ޑިސެމްބަރު 1 އަކުން ޑިސެމްބަރު 14 އަށް 100 ރުފިޔާގެ ޑިސަކައުންޓު ކޫޕަން ލިބެމުން ދާނެއެވެ. އަދި މިކޫޕަން ބޭނުން ކުރުމުގެ ފުރުސަތު ޑިސެމަބަރު 15 އިން 31 އަށް ހުޅުވޭނެއެވެ. އަދި މިނޫނަސް ހެޕީ އަވަރ ޑިސްކައުޓުވެސް މަހުގެ މެދުތެރޭގައި އެޅުވިގެން ދާނެއެވެ.

މުޅި މަހަށް ޙާއްސަކޮށް ބާއްވާ މި ޕްރޮމޯސަން ގައި ފޭސްބުކް ލައިކް އެން ކޮމެންޓް ކޮންޓެސްގެ ނަސީބު ވެރި ފަރާތަކަށް މެލޭޝިއާ އަށް ދެ ދެކޮޅު ޓިކެޓް ލިބިގެން ދާނެއެވެ.  އަދި މީގެ އިތުރުން އޭސް ހާރޑްވެއާރގެ ފިހާރަ ތަކުގައި އިންސްޓަގްރާމް ސެލްފީ ކޮންޓެސްޓެއް ބޭއްވިގެން ދާނެއެވެ. މި ސެލްފީ ކޮންޓެސްޓް ގައި ބައިވެރިވުމަށް ފަހު ފޮޓޯ އަޕްލޯޑް ކޮށް #ހެޕީސިކްސްވިތްއޭސް ޖަހައި، އެންމެ ގިނަ ލަކިކް ލިބޭ ފަރާތަކަށް ޙާއްސަ އިނާމެއް ދިނުމަށް ހަމަޖެހި ފައި ވެއެވެ. ހަމަ އެހެންމެ އޭސް ހާރޑްވެއާރގެ ފިހާރަތަކުގައި މިމަހުގެ ކޮންމެ ހަފްތާ ބަންދެއްގައި ތަފާތު ހަރަކާތްތައް ހިނގަމުންދާނެއެވެ.

އޭސް ހާރޑްވެއާރ އަދި ހޯމްސެނޓަރ އަކީ 1986 ގައި އުފަންވީ ކޯ ލޯޑް މޯލްޑިވްސްގެ ދަށުން ހިނގަމުންދާ ދެ ފިހާރައެވެ. މިގޮތުން 2011 ވަނަ އަހަރު ގައި ރާއްޖޭގައި ހުޅުވުނު އޭސް ހާރޑްވެއާރ އަކީ އޭސް އިންޓަނެޝަނަލް ޗިކާގޯ ޔޫއެސްއޭ އާއި އެކު ފްރެންޗައިސް އެގްރިމެންޓެއްގެ ދަށުން ސާރކް ރީޖަންގައި ހުޅުވުނު ފުރަތަމަ ފިހާރައެވެ. މިއަދު ރާއްޖޭގައި ހިންގަމުންދާ އޭސް ހާރޑްވެއާރގެ ދެ ފިހާރައަކީވެސް ދުނިޔޭގެ އެތަކެއް ނަން މަޝްހޫރު ބްރޭންޑްތަކުގެ ހާރޑްވެއާރ އަދި ތަފާތު ބާވަތްތަކުގެ ހޯމް އިމްޕްރޫވްމެންޓް ޕްރޮޑަކްޓްސް، ޕަވަރ ޓޫލްސް އަދި ސާފު ތާހިރު ކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރެކުރާ މަގުބޫލް  ފިހާރައެވެ.

" ޑިސެމްބަރު މަހަކީ އޭސް ހާރޑްވެއަރއަށް އަބަދުވެސް އެންމެ ހާއްސަ މަހެވެ. އެހެން މަސްތަކާއި ހިލާފަށް ޑިސެމްބަރު މަހު ހުރިހާ ބާވަތެއްގެ ތަކެއްޗެއްގައި ޑިސްކައުންޓު އެޅުވިފައި ހުންނާނެއެވެ. އަދި ތަފާތު ބާވަތުގެ ޑިސްކައުންޓުތައް އަޅުވާއިރު ކަސްޓަމަރުން މީގެން އާދަޔާ ހިލާފަށް އަގުހެޔޮކޮށް ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. "

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް