ގެވެށި ފަރުވާ: އެލާޖިކް ވެއްޖެ ނަމަ ކަން ކުރަންވީ ގޮތް އެނގޭތަ!

އެލާޖިކް ވުމަކީ އިންސާނުންގެ މެދުގައި އާންމު ކަމެކެވެ. އެލާޖިކެއް ވަނީ އިމިއުން ސިސްޓަމް އަށް "އެލަރޖެން" ނުވަތަ އެލާޖިކް ވާން މެދުވެރިވާ ފަދަ ކާނާއެއް، ބޭހެއް ނުވަތަ ކުނޑި/ހިރަފުސް ޖެހުމުންނެވެ. އެލާ...

03 Dec 2017 | 00:50

އެލާޖިކް ވުމަކީ އިންސާނުންގެ މެދުގައި އާންމު ކަމެކެވެ. އެލާޖިކެއް ވަނީ އިމިއުން ސިސްޓަމް އަށް "އެލަރޖެން" ނުވަތަ އެލާޖިކް ވާން މެދުވެރިވާ ފަދަ ކާނާއެއް، ބޭހެއް ނުވަތަ ކުނޑި/ހިރަފުސް ޖެހުމުންނެވެ.

އެލާޖިކް ވުމުން ކެހުމާއި، ހިރުވުމާއި، ލޮލުން ފެން އައުމާއި، ހޮޑުލެވުމާއި، ނޭފަތުން ފެން އައުމާއި ފިތް ނެގުން އަދި ބަނޑަށް ތަދުންވުން ފަދަ ކަންކަން ވާނެ އެވެ. މިއީ އެލާޖިކެއް ވުމުގެ އަލާމާތް ތަކެވެ.

ކަމާބެހޭ ފަންނީ މާހިރުންނާއި ޑޮކްޓަރުން ހާމަކުރާގޮތުގައި އާންމުގޮތެއްގައި އެލާޖިކް ވަނީ ޕީނަޓް، ޝެލް ފިޝް (ހަރު ތޮށި ހިމެނޭ މޫދުގެ ބާވަތްތައް)، ކިރު، ބިސް، މަސް އަދި ޒުވާރި އަށެވެ.

އެލާޖިކް ވެއްޖެ ނަމަ ލަސް ނުކޮށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދަން ވާނެ އެވެ. ޑޮކްޓަރެއްގެ ފަރުވާ ލިބެންދެން އެޕި ޕެން އެއް ބޭނުން ކުރެވިދާނެ ކަމަށާއި ބަންޑުން އޮތުމަށާއި ބާރު ހެދުމެއް ލާފައިވާނަމަ ދޫ ހެދުމަކަށް ބަދަލުކޮށްލުމާއި ރަޖައަކުން ނިވާވެލުމަށް ނުވަތަ ނިވާ ކޮށްލުމަށް އިރުޝާދު ދީފައި ހުރެ އެވެ.

އަދި އެއްވެސް އެލާޖިކް ވެފައިވާ މީހަކަށް އިތުރަށް އެއްޗެއް ބޯން ނުދިނުމަށާއި، ހޮޑުލެވޭނަމަ އަދި ލޭ އަންނަ ނަމަ ބަލި މީހާ އަރިއަކަށް ބޭއްވުމަށްވެސް އިރުޝާދު ދީފައި ހުރެ އެވެ. އެހެންނަމަވެސް ހަމަ އެންމެ ރަނގަޅު ގޮތަކީ ވީ އެންމެ އަވަހަކަށް ޑޮކްޓަރެއްގެ އެހީތެރިކަން ހޯދުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް