ވާހަކައެއް ކިޔާލާހިތުން އެއް ނޫސް ހާވައި އަނެއް ނޫސް ހާވައިގެން އުޅުނު ޒަމާން ފާއިތުވެ ހިނގައްޖެ އެވެ. ހަމަ އެހެންމެ ފޮތްފޮތުގައި ލިޔެ ރައްކާ ކޮށްފައި ހުރި ވާހަކަތައް އެހެން މީހުންނަށް ބުނެދޭން ނުލިބި އޮތް ފުރުސަތުވެސް ލިބިގެން ހިނޖައްޖެއެވެ. އެހުރިހާ ކަމެއްގެ ފެށުމަކީ ވާހަކަ.ކޮމް އެވެ.
އެއްވެބްސައިޓަކުން އެތައް ތަފާތު ލިޔުންތެރިއެއް އެތައް މައުލޫއަކަށް ލިޔެފައިވާ ވާހަކަތައް އެވެބްސައިޓުގައި ވެއެވެ. އޭގެ ތެރޭގައި ލޯބީގެ އެކިއެކި ޝައުގުވެރި ހާދިސާތަކުގެ އިތުރުން ބިރުވެރި އަދި ގައުމީ ހާއްސަ އެކިއެކި ކަންކަމާއި ގުޅުންހުރި ވާހަކަތައް ހިމެނެއެވެ. އެހުރިހާ ވާހަކައެއްވެސް އަމާޒުކޮށްފައިވަނީ ހުރިހާ އުމުރަކަށްވެސް އެކަށީގެންވާގޮތަށެވެ.
“މިއީ ސަޅިގޮތެއް. މިހާރު އެއް ސައިޓަށް ވަނީމަ އެހުންނަނީ ކިޔާލެވެން ހުރިހާ ވާހަކައެއް. އަނެއްކާ ބޭނުންވާ އެކިއެކި ދާއިރާތަކުން ވާހަކަ ހުރޭ، ސޯ ނުޖެހޭ ހާސްވާކަށް،" މިވެބްސައިޓުން ވާހަކަ ކިޔާ ފަރާތަކުން ބުންޏެވެ.
ތިނެއް ނޮވެމްބަރުގެ ހާދިސާއަށް ބިނާކޮށް މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއުގެ އެދުވަހުގެ ތަޖުރިބާ ހިމެނޭ ހާއްސަ ވާހަކައެއް ވަނީ މިވެބްސައިޓުގައި ޝާއިއުކޮށްފަ އެވެ. އެއީ "އުންޑަ" އެވެ. އޭގެ އިތުރުންސް ބޮޑުތަކުރުފާނުގެ ސަހުސިއްޔަތު ދަށްކުވައިދޭ ވާހަކަ ހިމެނެއެވެ. ލޯބީގެ ދާއިރާއަށް ބަލާއިރު މިހާރުވެސް މިވެބްސައިޓުގައި ނެތް މައުޝޫއެއް ނެތެވެ. ހިތާމައާއި އުފަލާއި ތަފާތު މުހިންމު މެސެޖްތައް ލިބޭ ވާހަކަތައް ހިމެނެއެވެ.
ހަމައެކަނި ކިޔުމެއް ނޫނެވެ. ކޮންމެ މީހަކަށްވެސް ވާހަކަ ލިޔުންތެރިއަކަށް ވެވިދާނެއެވެ. ކޮންމެ ތަނެއްގައި ހުރި ކޮންމެ މީހަކަށްވެސް ރެޖިސްޓްރީވެ ވާހަކަ ލިޔަމުން ގެންދެވިދާނެއެވެ. ވާހަކަ ލިޔެ ފޮނުވުމުން އެއީ އަރުވަން އެކަށީގެންވާ ވާހަކައެއް ނަމަ އަރުވައިދޭނެއެވެ. ވާހަކައިގެ ފޮޓޯ ހަދައިދޭނެއެވެ.
"މިއީ ހަމަ ރަނުގެ ފުރުސަތެއް އަސްލުވެސް، ކުރިން ނަމަ ވާހަކަ ލިޔާ ހިތުން ހަމަ ހުންނަން ޖެހެނީ. ކިހިނެއް ކޮންމެ މީހަކު ވެބްސައިޓެއް ހަދާނީ. އެކަމަކު މިވެބްސައިޓުން ހިލޭ އެކަން ކޮށްދޭތީ ވަރަށް ފަސޭހަ. މިއީ ވާހަކަ ލިޔަން ބޭނުންވާ މީހުންނަށް ރަނުގެ ފުރުސަތެއް،" ވާހަކަ. ކޮމް އަށް ވާހަކަ ލިޔާ ފަރާތަކުން ބުންޏެވެ.
އެވެބްސައިޓް ހިންގާ ފަރާތުން މައުލޫމާތު ދޭގޮތުގައި އެބޭފުޅުންގެ އަމާޒަކީ ރާއްޖެ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ދިވެހި ވާހަކައާއި އަދަބީ ދުނިޔެއަށް ޝައުގުވެރިވާ ފަތާތްތަކަށް އެ ފުރުސަތު ދިނުމެވެ. މިއީ ލިޔަން ބޭނުންވާ މީހުންނަށް ލިޔުމުގެ ފުރުސަތު އަދި ކިޔަންބޭނުންވާ މީހުންނަށް ކިޔުމުގެ ފުރުސަތު އޮތް ރާއްޖޭގެ ހަމައެކަނި ވެބްސައިޓެވެ.
ވާހަކަ ލިޔުންތެރިޔާއާއި ކިޔުންތެރިންނާއި ދެމެދު ގުޅުވައިދޭ ފާލަމަކަށް މިވެބްސައިޓް ވެގެންދާއިރު އެދެ ފަރާތުން ވާހަކަ ދެކެވި ހިޔާލު ބަދަލުކުރުމުގެ ފުރުސަތުވެސް މިވެބްސައިޓް މެދުވެރިކޮށް ލިބިގެންދާނެއެވެ.
ވާހަކައިގެ ދުނިޔެއަށް ބޮޑު ބަދަލެއް ގެނައި މިވެބްސައިޓުގެ އަމާޒު އަދިވެސް އޮތީ ކުރިއަށް ބާރަށް ދިއުމަށެވެ. ވާހަކަ ލިޔުމުގެ ތަފާތު މުބާރާތްތައް ބޭއްވުމެވެ. ވާހަކަ ލިޔާ މީހުންގެ އަދަދު އިތުރު ކުރުމެވެ. ޒަމާނީ ވަސީލަތްތަކުގެ އެހީގައި އެލިޔުންތެރިން ލިޔާ ވާހަކަތައް އެހެން މީހުންނާއި ހިސާބަށް ފޯރުކޮށްދިނުމެވެ. އެގޮތުން އެވެބްސައިޓުގެ ހާއްސަ އެޕްލިކޭޝަން ތަކެއް ކުރިއަށް އޮތް މަދު ދުވަސްތަކުގެ ތެރޭގައި ފެނިގެންދާނެއެވެ.
ވާހަކަ.ކޮމް ގައި ރެޖިސްޓަރ ވުމަށް

ވާހަކަ.ކޮމްއަށް ޒިޔާރަތް ކޮށްލުމަށް

ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް