ގައުމަށް ގައްދާރުވި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މައްސަލަ ބެލުމަށް ތިން ފަނޑިޔާރުންގެ ބެންޗެއް ކްރިމިނަލް ކޯޓުން އެކުލަވާލައިފި އެވެ.
އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ބަޔަކަށް އޭނާ ދިރިއުޅޭ ގެއިން ފިސްތޯލައެއް ފެނުނު ކަމަށް ބުނާ މައްސަލައިގަ އެވެ.
މި މައްސަލަ ބަލަން އެކުލަވައިލި ބެންޗުގައި ތިއްބަވަނީ ގާޒީ މުހުތާޒް ފަހުމީ އާއި ގާޒީ ސައީދު އިބްރާހިމް އާއި ގާޒީ އަހުމަދު ރަޝީދެވެ.
އަދީބުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވާއިރު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ހިޔާނާތުގެ މައްސަލައިގާވެސް އަދީބުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް