ތަރުކާރީ ތަކެއްގެ ތެރެއަށް ލައިގެން ވިލިނގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި

ތަރުކާރީތަކެއްގެ ތެރެއަށް ލައިގެން ގއ.ވިލިގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފިއެވެ. ފުލުހުން ބުނީ މަސްތުވާތަކެތި ހޯދާފައިވަނީ އާއްމު ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން ގއ. ވ...

03 Dec 2015 | 12:18

ތަރުކާރީތަކެއްގެ ތެރެއަށް ލައިގެން ގއ.ވިލިގިއްޔަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެތި ހޯދާފައިވަނީ އާއްމު ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން ގއ. ވިލިގިލީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރަމުން އަންނަ ފުލުހުންނާއި ސްޕެސަލިސްޓް އޮޕަރޭޝަންގައި މަސައްކަތްކުރަމުން އަންނަ ފުލުހުންނާއި ޕޮލިސް އިންޓެލިޖެންސް ގުޅިގެން ހިންގި ޙާއްސަ އޮޕަރޭޝަނެއްގައި 2015 ޑިސެމްބަރ 02 ވަނަ ދުވަހު ހެނދުނު 07:20 ހާއިރު ކަމަށެވެ.

ގއ. ވިލިގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފައިވަނީ މާލެއިން ގއ. ވިލިގިއްޔަށް ދަތުރުކުރަމުން އަންނަ ބޯޓަކުންނެވެ.

ފުލުހުންނަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު ކޯޓު އަމުރެއްގެ ދަށުން އެ ބޯޓުބަލައި ފާސްކުރިއިރު އެ ބޯޓުގައި ހުރި ފޮށިގަނޑެއްގެ ތެރޭގައި ހުރި ތަރުކާރީ ތަކުގެ ތެރޭ އޮތް ކެބެޖެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭއެއްޗެއް ހުރި ފިލްމް ހުސްކުރި ދެ ދަޅާއި ބޮޑު ރަބަރު ޕެކެޓެއް ފެނިފައި ވާކަމަށް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައިގާ މިހާތަނަށް މީހަކު ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެއްނުވި ނމަވެސް މި މަ މައްސަލަ  ވިލިގިލީ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް