ނުވަ އަހަރުގެ ކުޑަ އަންހެންކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

އުމުރުން އެންމެ ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހދ. ކުޅުދުއްފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމ...

03 Dec 2015 | 07:40

އުމުރުން އެންމެ ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހދ. ކުޅުދުއްފުށިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 57 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އިތުބާރު ކުރެވޭ މަޤާމެއްގައި ހުރެ ތަފާތު އެކި ދުވަސްތައް މަތިން ކުޑަ އަންހެން ކުއްޖަށް ޖިންސީ ގޯނާކުރިކަމަށް ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައަކާއި ގުޅިގެން މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ  2015 ނޮވެމްބަރ 30 ވަނަ ދުވަހުގެ 09:48 ހާއިރު ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މި މީހާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތު ދީފައި ވާކަމަށް ފުލުހުން ހާމަކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް