މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް ޢުމަރުގެ އަރިހަށް، ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޕާކިސްތާނުގެ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް ރިޓަޔަރޑް ސައްޔިދު ޚަވަރް ޢަލީ ޝާހް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ޕާކިސްތާނުގެ ސަފީރު ޑިފެންސް މިނިސްޓަރުގެ އަރިހަށް މިއަދު މެންދުރުފަހު ކުރެއްވި އިހުތިރާމުގެ މި ޒިޔާރަތުގައި، ދެޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހި ކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވައި، ދެޤައުމުގެ މެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި ގުޅޭގޮތުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.
ޑިފެންސް މިނިސްޓްރީގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޒުހައިރާއި ކާނަލް ޢަބްދުލް މަތީން އަޙުމަދު ބައިވެރިވެ ވަޑައިގެންނެވި ކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް