ބްރިޖް މަސައްކަތަށް ބަންދުކުރި ލޮނުޒިޔާރަތްކޮޅު ސަރަހައްދުގެ ޓްރެފިކް ފްލޯ އަށް ބަދަލުތަކެއް ގެނެސްފި އެވެ.
ފުލުހުން ބުނީ މާލެ އާއި ހުޅުމާލެ އާއި ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ މަސައްކަތަށް ލޮނުޒިޔާރަތްކޮޅުގެ ބޮޑު ސަރަޙައްދެއް ބަންދުކުރުމާ ގުޅިގެން އެއްގަމު ދަތުރުފަތުރު ކުރާ ފަރާތްތަކަށް ދަތިތަކެއް ފޯރަމުންދާތީ އެސަރަޙައްދުގެ ޓްރެފިކް ފްލޯއަށް ވަނީ ބަދަލުތަކެއް ގެނެވިފައި ވާކަމަށެވެ.
އެގޮތުން ގެނެސްފައި ވާ ބަދަލުތަކަކީ
- މޫން ލައިޓް ހިނގުން: އަމީނީ މަގުން ފެށިގެން ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ބަދަލު ކުރުން.
- ހިތިގަސް މަގު މޫންލައިޓް ހިނގުމުން ފެށިގެން ބޮޑުތަކުރުފާނު މަގާ ހަމައަށް ދެކޮޅަށް ދުއްވާ މަގެއްގެ ގޮތުގައި ބަދަލު ކުރުން.
މި ބަދަލާއެކު އެސަރަޙައްދުގައި ޕާކު ކުރާނެ ވަކި ތަންތަން ވެސް ކަނޑައެޅިފައިވާނެ ކަމަށާއި މިބަދަލާ އެއްގޮތަށް މިއަދުން ފެށިގެން ޢަމަލުކުރުމަށް ދަންނަވާކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް